މ.މުލީ ގައި ޒުވާން އަންހެނަކު ކުއްލި ގޮތަކަށް ނިޔާވެއްޖެ އެވެ.
މިފަދަ ކަމެއް އެރަށުގައި ހިނގައިގެން އުޅޭކަން ފުލުހުން ވަނީ ކަށަވަރުކޮށްދެއްވާފައެވެ.
ފުލުހުން ވިދާޅުވީ، ނޭވާ ނުލާތީ ކަމަށް ބުނެ މިއަދު ހަވީރު މުލީ ހޮސްޕިޓަލަށް ގެންދިޔަ 29 އަހަރުގެ އަންހެނަކު ނިޔާވި މައްސަލައެއް ފުލުހުން ބަލަމުން ދާ ކަމަށެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ފުލުހުން އެ މައްސަލަ ބަލަމުން ދަނީ މިއަދު ހަވީރު 16:43 ހާއިރު މުލީ ހޮސްޕިޓަލުން އެ މައުލޫމާތު ފުލުހުންނަށް ދިނުމުން ކަމަށެވެ.
"މި މައްސަލަ އާއި ގުޅިގެން މުލީ ހޮސްޕިޓަލް އާއި ފުލުހުން ގުޅިގެން މައްސަލަ ބަލަމުންދަނީ". އޮފިޝަލް ވިދާޅުވިއެވެ.
އެ ޒުވާނާ ނިޔާވީ ކީއްވެގެން ކަން އަދި ކަށަވަރުވެފައެއް ނުވެއެވެ.
މުލީ ރީޖަނަލް ހޮސްޕިޓަލްގެ މެނޭޖަރ އަހުމަދު ނާފިޒް އާއި ހަވާލާދީ "ވަގުތު" އިން ވިދާޅުވީ، އެ އަންހެންް މީހާ އާއި ގުޅޭ ރިޕޯޓްތަކާއި އެއްޗެހި ނުލިބޭ ކަމަށާއި، އެއްޗެއް ދަންނަނަން އިނގޭނީ ފުލުހުންގެ ރިޕޯޓާއި، ހޮސްޕިޓަލްގެވެސް ރިޕޯޓްތައް ލިބުމުން ކަމަށެވެ.
އެރަށުން ވާހަކަދެއްކި މީހަކު ބުނީ، މިއަދު ހަވީރު ނިޔާވި އަންހެން މީހާ އާއި އޭނާގެ ފިރިމީހާ ދިރިއުޅެމުންދާ ކޮޓަރިއަށް ފުލުހުން ވަދެފައިވާކަމަށެވެ. ފުލުހުން އެ ކޮޓަރި ބަލާ ފާސް ކުރަމުންދާތާ ގިނަ އިރުތަކެއް ވެއްޖެ ކަމަށްވެސް މައުލޫމާތު ދިން ފަރާތުން ބުންޏެވެ.