މެންޗެސްޓާ ސިޓީގައި ތާރީޚެއްނެތް - ސިމިއޯނީ

މިދިޔަ ސީޒަންގެ ޕްރިމިއާ ލީގު ޗެމްޕިއަން މެންޗެސްޓާ ސިޓީގައި ފަޚުރުވެރިވާރުގެ ތާރީޚެއް ނެތްކަމަށް އެތުލެޓިކޯގެ ކޯޗު ޑިއޭގޯ ސިމިއޯނީ ސިޓީއަށް ފާޑުކިޔައިފިއެވެ.

ސިމިއޯނީ މިހެން ބުނެފައިވަނީ އާޖެންޓީނާގެ ނޫހަކަށް ދިން އިންޓަވިއުއެއްގައެވެ. މިއިންޓަވިއުގައި އޭނާވަނީ ސިޓީއާ އަޅާކިޔާފައިވާ ޔޫރަޕްގެ ވަރުގަދަ ކްލަބުތަކަކީ އަޔޭކްސް، ރެއަލްމެޑްރިޑް އަދި ބާސެލޯނާއެވެ.

"ކޯޗަކު ކްލަބަކާއި ހަވާލުވާއިރު ބަލާނެ އެކްލަބުގެ ތާރީޚަށް. ކްލަބުގެ ތާރީޚް ނޭނގި ކޯޗަކަށް ކްލަބާއެކު ކާމިޔާބީއެއް ނުހޯދޭނެ" ސިމިއޯނީ ބުންޏެވެ.

މީގެއިތުރުން ސިމިއޯނީ ބުނީ، ރަނގަޅު ޔޫތު ޕްރޮގްރާމެއްގެ ދަށުން އަޔޭކްސްއިން ވަރުގަދަ ޓީމެއް އުފައްދާފައިވާއިރު، ބާސެލޯނާ، ޔުވެންޓަސް އަދި އެތުލެޓިކޯއަކީވެސް ޒުވާން ކުޅުންތެރި އުފެއްދުމުގައި ފާހަގަކޮށްލެވޭ ޓީމުތައް ކަމަށެވެ.

2008 ވަނަ އަހަރު ޝެއިޚް މަންސޫރު ސިޓީއާއި ޙަވާލުވިފަހުންވަނީ ކްލަބަށް ބޮޑު ޚަރަދެއްކޮށް ކްލަބު ވަރުގަދަ ބާރަކަށް ހަދާފައެވެ، އެގޮތުން މަންސޫރު ސިޓީ ތަރައްޤީކުރުމަށް 1 ބިލިއަން ޕައުންޑަށްވުރެ ބޮޑު ޚަރަދުކޮށްފައެވެ.

އެހެންނަމަވެސް ޔޫރަޕްގައި މާއެދެވޭ ކާމިޔާބީއެއް އަދިވެސް ސިޓީއަށް ލިބިފައިނުވާއިރު، 2008ގެ ފަހުން ކާމިޔާބުކުރެވުނީވެސް އެންމެ ހަތަރު ޕްރިމިއާ ލީގެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް