ނެދަލެންޑްގެ އަލްކަމާރްގައި ހުންނަ އަފަސް ސްޓޭޑިއަމްގެ ފުރާޅުން ބައެއް ވެއްޓިއްޖެއެވެ.
ހޮނިހިރު ދުވަހު ހިނގި މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައެއް ނުވެފައެވެ. މަޢުލޫމާތު ލިބޭ ގޮތުގައި މިހާދިސާ ހިނގިއިރު ސްޓޭޑިއަމްއޮތީ ހުސްކޮށެވެ.
ނެދަލެންޑްގެ އަލްކަމާރްގައި ހުންނަ މިސްޓޭޑިއަމްއަކީ އެޤައުމުގެ ކްލަބެއްކަމަށްވާ އަލްކަމާރް ޒާންސްޓްރީކް (އޭޒީ) ގެ ސްޓޭޑިއަމްއެވެ.
"މިހާދިސާ ހިނގިއިރު އެއްވެސް މީހަކު ދަނޑުއޮތީ ހުސްކޮށް. އަދި ހާދިސާ ހިނގަން މެދުވެރިވި ސަބަބު މިދަނީ ބަލަމުން" އެކްލަބުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.
މީގެއިތުރުން އެކްލަބުން ބުނެފައިވަނީ މިވަގުތު އެދަނޑުގައި މެޗުތައް ކުޅުން ރައްކާތެރިނޫންކަމަށާއި، އަދި ކްލަބުގެ ކުރިއަށް އޮތް މެޗުތަކުގެ މަޢުލޫމާތުތައް ހަމަޖެހުނުހާ އަވަހަކަށް އަންގާނެކަމަށެވެ.
އޭޒީއިން ޔޫރޮޕާ ލީގު ކޮލިފައިންގައި މަރިއުޕޯލްއާއި ދެކޮޅަށް އަންނަ ބުރާސްފަތި ދުވަހު އެސްޓޭޑިއަމްގައި ނުކުންނަށް ހަމަޖެހިފައިވާއިރު، އޭގެ ތިންދުވަސް ފަހުން ގްރޮނިންގެން އާއި ދެކޮޅަށް ލީގު މެޗެއް ކުޅުމަށްވަނީ ކުޅުމަށް ހަމަޖެހިފައެވެ. އަދި މިހާދިސާއާއި ގުޅިގެން މިމެޗުތައް ދެން ކުޅެވޭނެ ތަނެއް ހަމަޖެހުނުހާ އަވަހަކަށް އަންގާނެކަމަށްވެސް ކްލަބުންވަނީ ބުނެފައެވެ.
17،000 މީހުންގެ ޖާގައާއެކު އަފަސް ސްޓޭޑިއަމް އިމާރާތްކޮށްފައިވަނީ 2006 ވަނަ އަހަރުއެވެ.