ނިޔާވި ކަމަށް ބުނާ ހައްޖުވެރިޔާ އޮތީ ލައިފް ސަޕޯޓްގައި، ކޯމާއެއްގައިކަމަށް ހައްޖު މިޝަން އިން ވިދާޅުވެއްޖެއެވެ.
ޙައްޖު މިޝަންއިން ވިދާޅުވީ، އުމުރުން 38 އަހަރުގެ ފ. ދަރަނބޫދޫ މުޝްތަރީގެ ސީމާ، މިނާގެ ޓެންޓުގައި ހުއްޓާ ސްޓްރޯކެއް ޖެހިގެން “މިނާ އަލްވާދީ” ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަކަމަށެވެ.
ޙައްޖު ކޯޕަރޭޝަންގެ މިޙައްޖުވެރިޔާ އޮތީ ކޯމާއެއްގައިކަމަށްވެސް ޙައްޖު މިޝަންއިންވަނީ ވިދާޅުވެފައެވެ.
އެޑިޓަރުގެ ނޯޓު: ފ. ދަރަނބޫދޫ މުޝްތަރީގެ ސީމާ ނިޔާވިކަމަށް ކުރިން ރިޕޯޓްކުރެވިފައިވާތީ، އެފަރާތުގެ އާޢިލާގެ ފަރާތުންނާއި، ކިއުންތެރިންގެ ފަރާތުން ނިޙާޔަތަށް މަޢާފަށްއެދެމެވެ. އަދި އަޅުގަނޑުމެން އެދެނީ ސީމާއަށް އަވަސް ޝިފާއެއް ދެއްވުމެވެ. އާމީން