އަނެއްކާވެސް ދިއްދޫ ފުޓްބޯޅަ މުބާރާތް ހޫނުވެ މާރާމާރީ ހިންގައި ތަކެއްޗަށް ގެއްލުންދީފި

ހއ.ދިއްދޫގައި ކުރިއަށްދިޔަ ތިންވަނަ ފުޓްބޯޅަ މުބާރާތުގެ ފައިނަލް މެޗު ހޫނުވެ ރެފްރީއަށް ހަމަލާދީ ތަކެއްޗަށް ގެއްލުންދީފިއެވެ.

މަސްލަހަތު ގެއްލި މާރާމާރީ ހިންގާފައިވަނީ، މިއަދު ހަވީރު ދިއްދޫގައި ކުރިއަށްދިޔަ ތިންވަނަ އަޟްހާ ޢީދު ފުޓްބޯޅަ މުބާރާތުގެ "ޓީނޭޖް" އަދި "ހީވެސްނުވޭ" ބައްދަލުކުރި ފައިނަލް މެދުގެ ދެވަނަ ހާފްގެ ތެރޭގައެވެ.

މިއަދުގެ މެޗުގެ ފުރަތަމަ ހާފް ނިމިފައިވަނީ ބަކާގެ ލަނޑަކާއެކު 1-0 އިން "ހީވެސްނުވޭ" ކުރީގައި އޮވެގެންނެވެ. އަދި ދެވަނަ ހާފް ކުރީކޮޅު އިތުރު ލަނޑެއް ޖަހައި "ހީވެސްނުވޭ" އިން ވަނީ ލީޑު ފުޅާކޮށްފައެވެ.

މަސްލަހަތު ގެއްލިފައިވަނީ ދެވަނަ ހާފްގެ ތެރޭގައި "ހީވެސްނުވޭ" ގެ ފަތޯ ޖަހައިދިން ތިންވަނަ ލަނޑާއެކުގައެވެ. އެލަނޑު ޖެހުމާއެކު "ޓީނޭޖް" އިން ބުނަމުންދިޔައީ ކޭޕަރަށް ފައުލް ކޮށްފައިވާ ކަމަށެވެ. އަދި އެކަމުގެ ޝަކުވާ ރެފްރީ ކައިރީގައި ވަރަށް ބޮޑަށް ކުރަން ފެށިއެވެ.

އެކަމާ ގުޅިގެން ހިނގި ހިތްހަމަނުޖެހުމުގެ ތެރޭގައި ރެފްރީއާ ދިމާލަށް ބުނި ބަހަކުން "ޓީނޭޖް" ގެ ކެޕްޓަން މޯޖުއަށް ރެފްރީ ރީނދޫ ކާޑެއް ދެއްކިއިރު، ކުރިން އިތުރު ރީނދޫ ކާޑެއް ދައްކާފައި އޮތުމުން ރަތް ކާޑެއްވެސް ވަނީ ދައްކާފައެެވެ. އެއާއެކު މެޗުގެ އޮއިވަރު ވަނީ މުޅިން ބަދަލުވެފައެވެ.

ރަތް ކާޑާއެކު، މޯޖް ވަނީ އޮފިޝަލުންގެ މޭޒު ފުށުން ޖަހައި ގެއްލުން ދީފައެވެ. މީގެ އިތުރުން އެޓީމުގެ އިތުރު ކުޅުންތެރިއަކު ރެފްރީއަށް ހަމަލާދީފައިވާއިރު އެ ކުޅުންތެރިޔާއަށްވެސް ރެފްރީ ވަނީ ރަތް ކާޑު ދައްކާފައެވެ. ހަމައެއާއެކު ސަޕޯޓަރަކު ވަނީ މުބާރާތުގެ ޓްރޮފީ ހަލާކުކޮށްލާފައެވެ.

"ޓީނޭޖް" ގެ ބައެއް ކުޅުންތެރިން ވަނީ އޮފިޝަލް މޭޒުތަކާއި ގޮނޑިތަކަށްވެސް ބޮޑެތި ގެއްލުންތަކެއް ދީފައެވެ.

ހަމަނުޖެހުންތަކަށްފަހުގައި "ޓީނޭޖް" ޓީމުން ވަނީ މެޗާއި މެދު ވަކި ގޮތެއް ނުނިންމަނީސް ދަނޑު ދޫކޮށް ގޮސްފައެވެ.

ހަމަނުޖެހުންތައް ކޮންޓްރޯލް ކޮށްފައިވަނީ، ދިއްދޫ ޕޮލިސް ސްޓޭޝަނުގެ ފުލުހުންނެވެ. ފުލުހުން ވަނީ ރެފްރީންނަށް ހިމާޔަތް ދީފައެވެ.

ދިއްދޫ ކައުންސިލުން އިންތިޒާމްކުރި މި މުބާރާތުގެ ހޫނުވި މެޗު އަލުން ކުރިއަށް ގެންދަން ވަނީ މަސައްކަތް ކޮށްފައެވެ. "ހީވެސްނުވޭ" ޓީމުން ދަނޑަށް އަރާ ތައްޔާރަށް ތިބި ނަމަވެސް، "ޓީނޭޖް" އިން ދަނޑަށް ހާޒިރުވެފައެއް ނުވެއެވެ.

"މެޗުގެ ފަހު ހާފްގެ ބާކީ އޮތް 18 މިނެޓް ކުޅުމަށްޓަކައި ދެޓީމަށްވެސް އެންގި ނަމަވެސް "ޓީނޭޖް" އިން ދަނޑަށް ހާޒިރުވެފައި ނުވާތީވެ، މި މެޗު 3-0 އިން "ހީވެސްނުވޭ" ކާމިޔާބު ކުރިކަމަށް ނިންމައި މެޗު ނިންމާލަން ނިންމައިފިން" ކަމަށް އިންތިޒާމްކުރާ ފަރާތުން ވަނީ އިއުލާންކޮށްފައެވެ.

މެޗުގައި ހިނގި ހަމަނުޖެހުންތަކާ ގުޅިގެން މުބާރާތުގެ އިނާމު ދިނުމުގެ ރަސްމިއްޔާތު ނުބާއްވަންވެސް ދިއްދޫ ކައުންސިލުން ވަނީ ނިންމާފައެވެ.

ހއ.ދިއްދޫގައި ކުރިއަށްދިޔަ އަޟްހާ ޢީދު ފުޓްބޯޅަ މުބާރާތް ހޫނުވެ ރެފްރީއަށް ހަމަލާދީ، އޮފިޝަލުންގެ މޭޒާއި ގޮނޑިތަކަށް އަދި ޓްރޮފީއަށް ގެއްލުންދީފައިވާއިރު، ނިމިދިޔަ ފިޠުރު ޢީދުގައި ބޭއްވި ފުޓްސަލް މުބާރާތްވެސް ހޫނުވެ ފުޓްސަލް ދަނޑުގެ ޓާފްތައް އުކާލައި، ދަނޑަށް ގެއްލުންތަކެއް ދީފައިވާކަން ފާހަގަކޮށްލެވެއެވެ.

އަދި މިމައްސަލައާއި ގުޅިގެން ފުލުހުން ވިދާޅުވީ، މިއަދު ދިއްދޫގައި ކުރިއަށްދިޔަ ފުޓްބޯޅަ މެޗެއްގައި ޖެހުނު މައްސަލައެއްގައި ހަމަނުޖެހުން ހިންގާފައިވާކަމުގެ މަޢުލޫމާތު ލިބުމާއި ގުޅިގެން ދަނޑަށް ފުލުހުން ގޮސް މައްސަލަ އިތުރަށް ގޯސްވިޔަނުދީ އެކަން ޙައްލުކޮށްފައިވާކަމަށެވެ.

އަދި މިމައްސަލައާއި ގުޅިގެން އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާކަމަށްވެސް ފުލުހުންވަނީ ވިދާޅުވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް

ހިޔާލު

  1. ދިއްދޫ ކުއްޖާ

    މިއަށްވުރެ ރަނގަޅުވީސް މިފަހަރު އީދު ފާހަގަ ކުރަން އުޅުނުނަމަ

  2. ޔާމްބެ

    ދިއްދޫ މީހުން މެޗުކުޅެންއަރަނީ އަނެއްކާ އަފިހުން ކައިގެންބާ? އެކަމް ތިދެން ބޮޑުވަރު
    ދިއްދޫ މީހުން ވެއްޖެއްނު ކޮންމެ އަހަރަކުވެސް عيد އަންނަންވާއިރު ތަސައްރަފް ފުދިފަ ތިބިމީހުންގެ ގައިގަ ބިލެއްހުނި ޖަހައިގެންވެސް ވަކިކުރަން?

  3. Ammadey

    Dhihdhoo meehun boanthasheega sathari alhaabala ehenkameh kuraakah neygunehnnu.

    1
    2
  4. ދިއްދޫ މަންޖެ

    ލަދުން ބޯ ހަލާކު…. ދިއްދޫގަ ދެން ފުޓުބޯޅަ ނުކުޅެ އީދު ފާހަގަ ކޮއްބަލަ

    5
    1
  5. .
  6. Dhidhdhoo meehaa

    Dhen bashi kulhen fahaa bala

  7. Lili

    Dhidhdhoo meehun football nukulhibala sahaadhei ?‍♀️

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ