ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދެމުންދިޔަ ހާލުބޮޑު ބަލި މީހަކު އެމްއެންޑީއެފް ހެލިކޮޕްޓަރުގައި މިއަދު މާލެ ގެނެސްދީފިއެވެ.
ހާލު ސީރިއަސް ވެގެން މާލެ ގެނެވިފައި މިވަނީ ށ ބިލެއްފަހި އުމުރުން 47 އަހަރުގެ އަންހެނެއްކަމަށާއި، މިމީހާ ކުޅުދުއްފުއްޓަށް ގެނެސްފައިވަނީ މިދިޔަ ހޮނިހިރު ދުވަހު ކަމަށް މަޢުލޫމާތު ލިބެއެވެ.
ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގެ މީޑިއާ އޮފިސަލާއި ހަވާލާދީ ކުޅުދުއްފުށި އޮންލައިނުން ވިދާޅުވީ ބަލިމީހާގެ ހާލު ސީރިއަސް ކަމަށާއި ދެ ފަހަރެއްގެ މަތިން ކާރޑިއެކް އެރެސްޓްވެސް ޖެހިފައިވާ ކަމަށެވެ.
އިތުރު ތަފްސީލު އަދި ނުލިބެއެވެ.