ވޭތުވެދިޔަ 12 މަސްދުވަހުގެ އެންމެ ހިތްގައިމު ލަނޑުުތަކާއެކު ޕުސްކަސް އެވޯޑަށް ނޮމިނޭޓްވި 10 ގޯލް އާންމުކޮށްފިއެވެ.
ވޯޓު ކުރުމުގެ ފުރުޞަތު ހުޅުވާލާއި ފީފާއިން އާންމުކޮށްފައިވާ މިދިހަ ގޯލްގެ ތެރޭގައި ބާސެލޯނާގެ ކެޕްޓަން ލިއޮނަލް މެސީ ހިތްގައިމު ޗިޕަކުން ރެއަލް ބެޓިސް ކޮޅަށް ޖެހި ލަނޑުހިމެނޭއިރު، އެމެރިކާ ލީގުގައި ޓޮރޮންޓޯ އެފްސީ އާއި ދެކޮޅަށް އެލްއޭ ގެލެކްސީއަށް ކުޅެމުން އަންނަ ޒަލަޓަން އިބްރަހިމޮވިޗް ފުންމައިގެން އަރައި ފައިގެ އަރިމަތިން ޖެހި ލަނޑުވެސް ހިމެނެއެވެ.
މީގެއިތުރުން ދެން ފާހަގަކޮށްލެވެނީ ކްރިސްޓަލް ޕެލެސްގެ ޓޯންސެންޑް އޭރިއާ ބޭރުގައިހުރެ ފޮނުވާލި ބާރު ހަމަލާއަކުން މެންޗެސްޓާ ސިޓީ ކޮޅަށް ވައްދާލި ހިތްގައިމު ގޯލެވެ.
? #PUSKAS AWARD ?
— FIFA.com (@FIFAcom) August 19, 2019
The ten candidates have been revealed ?
Vote now ?️?
މިއެވޯޑަށް ވޯޓު ލުމުގެ ފުރުޞަތު އަންނަ ސެޕްޓެމްބަރު މަހުގެ ފުރަތަމަ ދުވަހާއިހަމައަށް ހުޅުވާލާފައިވާއިރު، 2019 ވަނަ އަހަރުގެ ފީފާގެ މަޤާމުތަކަށް އެވޯޑު ދިނުން އޮންނާނީ އަންނަ ސެޕްޓެމްބަރުމަހުގެ 23 ވަނަ ދުވަހު މިލާންގައި ބާއްވާ ހަފްލާއެއްގައެވެ.
އަމިއްލަ އެވޯޑުތަކުގެ އިތުރުން ކްލަބާއެކު ގިނަ އެވޯޑްތަކެއް ހާސިލްކޮށްފައިވާ މެސީއަށް އަދި މިއެވޯޑުގައި އަތްޖައްސާލެވޭގޮތްއަދިވަނީ ނުވެފައެވެ. މެސީއަށް މިއެވޯޑާއި އެންމެ ގާތްކުރެވިފައިވަނީވެސް 2015 ވަނަ އަހަރުއެވެ. އެއަހަރު މެސީއަށް ލިބުނީ ދެވަނައެވެ.
ވާދަވެރި ރޮނާލްޑޯ މިއެވޯޑް 2009 ވަނަ އަހަރު ކާމިޔާބުކޮށްފައިވާއިރު، މިއަހަރުގެ އެވޯޑަށް ނޮމިނޭޓްވެފައިވާ އިބްރަހިމޮވިޗް 2013 ވަނަ އަހަރުވަނީ މިއެވޯޑް ހާސިލްކޮށްފައެވެ.
މިހާރު މިއެވޯޑް އޮތީ ލިވަޕޫލަށް ކުޅެމުން އަންނަ މިސްރުގެ ތަރި މުޙައްމަދު ޞަލާޙް އަތުގައެވެ. ޞަލާޙަށް މިއެވޯޑް ލިބުނީ އޭނާ އެވަޓަންއާއި ދެކޮޅަށްޖެހި އޭނާޖެހި ލަނޑަށް 2018 ވަނަ އަހަރުގެ އެންމެ މޮޅު ގޯލް ލިސްޓުންކުރި ލިބުމާއެކުގައެވެ.