ހދ. ނެއްލައިދޫ

ނެއްލައިދޫ ކައުންސިލް ކަޕް ހޫނުވެ، ތަޅާ ފޮޅުމަކަށް

ހދ. ނެއްލައިދޫ ކައުންސިލް ކަޕް ހޫނުވެ، ތަޅާ ފޮޅުމަކަށް ގޮސްފިއެވެ.

ނެއްލައިދޫ ކައުންސިލުން އިންތިޒާމުކޮށްގެން އެރަށުގައި މިހާރު ކުރިއަށްދާ "ކައުންސިލް ކަޕް" ގައި ތަޅާ ފޮޅުމަކަށް ގޮސްފައިމިވަނީ މިއަދު ހަވީރު ކުރިއަށްދިޔަ ސެމީ ފައިނަލްގެ ދެވަނަ މެޗުގައެވެ.

ފްރެންޑްސްއާއި ދުންމާރި ބައްދަލުކުރި މިމެޗުގެ މަސްރަޙު ގޯސްވެފައިވަނީ ފްރެންޑްސް ޓީމުން ޖެހި ދެވަނަ ލަނޑާއެކުގައެވެ.

Posted by Ha Sun on Monday, 19 August 2019

ފްރެންޑްސްގެ ދެވަނަ ލަނޑަކީ އޮފްސައިޑް ލަނޑެއްކަމަށްބުނެ ދުންމާރި ޓީމުގެ ކުޅުންތެރިން މެޗުގެ އޮފިޝަލުންނާއި ދިމާއަށް ދިއުމާއެކު ބޮޑު ހަމަނުޖެހުމެއް ހިނގި މިމެޗުގައި، ދެޓީމުގެ ކުޅުންތެރިންގެ ކުރިމަތިލުމުގެތެރޭގައި ރެފްރީއަށާއި ކުޅުންތެރިންނަށްވެސް ހަމަލާދީފައިވާކަމުގެ މަޢުލޫމާތުވަނީ ލިބިފައެވެ.

https://www.facebook.com/ha.sun.98/videos/2691783437513186/?t=0

ފްރެންޑްސްގެ ދެވަނަ ލަނޑުއެއީ ރަނގަޅު ލަނޑެއްކަމައި މެޗު ނިމިގެން ދިޔައިރު، މިއަދު މެޗުގެ 2-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށްފައިވަނީ ފްރެންޑްސްއެވެ.

މިމުބާރާތުގެ ފައިނަލް މެޗު އަންނަ ބުދަ ދުވަހު ކުޅުމަށް ހަމަޖެހިފައިވާއިރު، އެމެޗުގައި އެއްކޮޅުން ފްރެންޑްސް ބައްދަލުކުރާއިރު އަނެއްކޮޅުން ނުކުންނާނީ ނިކަ ސިޓީއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ