ނެއްލައިދޫ ކައުންސިލް ކަޕް - ނިކަ ސިޓީ ބަލިކޮށް އެފްސީ ފްރެންޑްސް ތަށި އުފުލާލައިފި

ހދ. ނެއްލައިދޫ ކައުންސިލް ކަޕް 2019 ގެ މިއަދު ކުޅެވުނު ފައިނަލް މެޗުގައި ނިކަ ސިޓީ ސްޕޯޓްސް ބަލިކޮށް އެފްސީ ފްރެންޑްސްއިން މުބާރާތުގެ ތަށި އުފުލާލައިފިއެވެ.

ހދ.ނެއްލައިދޫ ރަސްމީބޯޅަ ދަނޑުގައި މިއަދު ހަވީރު ކުރިއަށްދިޔަ މިފޯރިގަދަ މެޗު ފްރެންޑްސްއިން ކާމިޔާބުކޮށްފައިވަނީ 2-1 ގެ ނަތީޖާއަކުންނެވެ.

މެޗުގެ ފުރަތަމަ ލަނޑުޖަހައި ލީޑުނެގީވެސް ފްރެންޑްސްއިންނެވެ. މެޗުގެ ފުރަތަމަ ހާފު ފެނިގެންދިޔަ މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޖާޒީ ނަންބަރު 23 ޙުސައިން ފަރުޙާދެވެ. އަދި ފުރަތަމަ ހާފު ނިމިގެންދިޔައީ މިނަތީޖާއާއެކު ފްރެންޑްސް ކުރީގައިއޮވެއެވެ.

މުޅިން އާ ހިތްވަރަކާއެކު ދެވަނަ ހާފަށް ނުކުތް ނިކަ ސިޓީއިން މެޗުގެ ނަތީޖާ ހަމަހަމަކޮށްފައިވަނީ ލިބުނު ޕެނަލްޓީއަކުންނެވެ. ފްރެންޑްސްގެ ޑިފެންޑަރެއްގެ އަތުގައި ޖެހުމުން ލިބުނު މިޕެނަލްޓީ އެޓީމަށް ކާމިޔާބުކޮށްދިނީ ޖާޒީ ނަންބަރު 7 މުޙައްމަދު އަސްލަމެވެ.

ދެވަނަ ފަހަރަށް ފްރެންޑްސް ލީޑު ނަގާފައިވަނީ ބަދަލުކުޅުންތެރިއެއްގެ ގޮތުގައި ކުޅެތް ނުކުތް މުޙައްމަދު ހަސަން ޖަހައިދިން ލަނޑަކާއެކުގައެވެ. މިނަތީޖާއާއެކު މިއަދު ކުޅެވުނު ފައިނަލް މެޗު ނިމިގެންދިޔަ ދެޓީމަށްވެސް ލަނޑު ޖަހާނެ ގިނަ ފުރުޞަތުރައް ލިބިގެންގޮސްފައިވާކަން ފާހަގަކޮށްލެވެއެވެ.

މި މުބާރާތުގެ ފައިނަލް މެޗުގެ މޭން އޮފް ދަ މެޗް އެފްސީ ފްރެންޑްސްގެ ޖނ.14 އަޙްމަދު އަޝްފާގް ހޯދިއިރު، މުބާރާތުގެ އެންމެ މޮޅު މިޑްފީލްޑަރަކަށް ހޮވިފައިވަނީ މުޙައްމަދު އަސްނާނުއެވެ.

މުޅި މުބާރާތުގެ އެންމެ މޮޅު ފޯވާޑަކަށް އެފްސީ ފްރެންޑްސްގެ ޖނ.10 ނޫރުއްﷲ ޠާހާ ހޮވުނުއިރު، އެންމެ މޮޅު ޑިފެންފަޑަރަކަށް ހޮވިފައިވަނީ ޢަބްދުﷲ އަތީފްއެވެ.

އެންމެ މޮޅު ގޯލް ކީޕަރަކަށް އެފްސީ ފްރެންޑްސްގެ ގޯލްކީޕަރު ހޮވުނުއިރު، އެންމެ ގިނަ ގޯލްޖެހި ކުޅުންތެރިޔަކަށް ހޮވިފައިވަނީ ނޫރުއްﷲ ޠާހާ އަދި ހަމަ އެ ޓީމުގެ މުޙައްމަދު ހަސަންއެވެ. މިދެކުޅުންތެރިންވެސް މުބާރާތުގައި 6 ލަނޑު ޖަހާފައިވެއެވެ.

މުބާރާތުގެ ފެއަރޕްލޭ ކުޅުންތެރިޔަކަށް މުޙައްމަދު ރީހާން ހޮވުނުއިރު، މުޅި މުބާރާތުން އެންމެ މޮޅު ކުޅުންތެރިޔަކަށްވެސް ހޮވިފައިވަނީ ހދ.ހަނިމާދޫއަށް ނިސްބަތްވާ ނޫރުއްﷲ ޠޯހާއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ