ރާމާމަކުނު ތަކެއް ބަނޑުހައިވެގެން މަދަރުސާއަކަށް ނުވަތަ ކޮލެޖަކަށް ހަމަލާދީފިޔޭ ބުނެފިނަމަ މިއީ ގިނަ ބަޔަކަށް ވަރަށް މަޖާ ވާހަކައަކަށް ވެދާނެއެވެ.
ނަމަވެސް ރާމާމަކުނުގެ ދުއްތުރާއަކީ މިފަހަކަށް އައިސް ސައުދީ އަރަބިއްޔާގެ ސިޓީއެއް ކަމަށްވާ "ބަލްގަރން" ސިޓީގައި ހުންނަ ކޮލެޖް ތަކަށް ދިމާވެފައިވާ ވަރަށް ބޮޑު އުނދަގުލެކެވެ.
އަންހެން ކުދިންގެ ކޮލެޖެއްކަމުގައިވާ، "ބިޝާ" ޔުނިވަރސިޓީއަކީ މީގެކުރިންވެސް ރާމާމަކުނުތަކެއް ހަމާލާދިފައިވާ އިމާރާތެކެވެ.
ދާދިފަހަކުން އަނެއްކާވެސް ރާމާމަކުނުތަކެއް މި ޔުނވަރސިޓީގެ ތެރެއަށްވަދެ ހަމަލާދޭ ވީޑިއޯއެއް ވަނީ މީސްމީޑިއާގައި ޢާއްމުވެ ވައިގަ ހިފާލައިފައެވެ. މި ވީޑިއޯއިން ފެންނަނީ، ރާމާމަކުނުތަކެއް ޔުނިވާސިޓީގެ ދަރިވަރުންތަކެއް ފަހަތުން ދުވެ، އެކުދިންގެ ދަބަސްތަކުން ކާއެއްޗެހި ފެނޭތޯ ދަބަސްތައް ހާވާ މަންޒަރެވެ.
فيديو: هجوم مرعب لمجموعة من القردة على بعض الطالبات في جامعة #بيشة ومحاولة خطف حقائبهن بحثاً عن الطعام وسط صراخ الطالبات. pic.twitter.com/34wBSYYLte
— هاشتاق السعودية (@HashKSA) February 6, 2019
ސައުދީގެ ހަބަރުތައް ބުނާގޮތުން، މި ސަރަހައްދުގައި ދިރިއުޅޭ ގިނަ ބަޔަކު މިހާރު ދަނީ މި މައްސަލައާމެދު ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި ކަމާބެހޭފަރާތްތަކުގެ ފަރާތުން މި މައްސަލައަށް ހައްލެއް ހޯދުމަށް އެދެމުންދާތާ ދުވަސްތަކެއްވެއްޖެކަމަށްވެސް ހަބަރުތައް ބުނެއެވެ. އަދި ކަމާބެހޭފަރާތްތަކުން ދަރިވަރުން ރައްކާތެރިކަމާމެދު އެކަށީގެންވާ ފިޔަވަޅު އަޅާފައިނުވާ ކަމަށްބުނެ ގިނަ ބަޔަކު މިމައްސަލައާ ކުރިމަތިލައިފައިވަނީ ރުޅިވެރިކަމާއެކުއެވެ.
މިއީ މިކޮލްޖްގައި މި ކަހަލަ ހާދިސާއެއް ހިނގައިފައިވާ ފުރަތަމަ ފަހަރެއް ނޫނެވެ. މި ދިޔަ އަހަރު، ދިހަވަރަކަށް ރާމާމަކުނު މި ކޮލެޖްގެ ތެރެއަށް ވެދެ ދުވާ މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް ޓްވިޓާގައި ވައިގައި ހިފައިލުމާއެކު ގިނަ ބައެއްގެ ސަމާލުކަން ވަނީ މިވީޑިއޯއަށް ލިބިފައެވެ. އަދި މި ހަދިސާ އެފަހަރު ހިނގައިފައިވަނީ، ޔުނިވާސިޓީގެ ސެކުއިރިޓީ ދޮރު ނޭނގި ހުޅުވިފައިހުރުމުންކަމަށް ޔުނިވާސިޓީއިން ބުނެފައިވެއެވެ.
ރާމާމަކުނަކީ އެހެން ޖަނަވާރުތަކާ ހިލާފަށް އެސޮރުމެންގެ ތަބީޢަތުގައި، މަޖާ ވައްތަރުތައް ޖައްސުމާއި، އިންސާނުންނަށް ގޯނާކުރުން ގިނަ މަޙްލޫގެކެވެ.




