'ޖަޕާނުގެ މެސީ' ރެއަލްމެޑްރިޑް ދޫކޮށް ލޯނު އުސޫލުން މަޔޯކާ އަށް

'ޖަޕާނުގެ މެސީ' ނަމުން މަޝްހޫރެވެފައިވާ ޓަކެފޫސާ ކޫބޯ ރެއަލްމެޑްރިޑް ދޫކޮށް ލޯނު އުސޫލުން ސްޕެއިންގެ މަޔޯކާއަށް ބަދަލުވެއްޖެއެވެ.

އުމުރުން 18 އަހަރުގެ ކޫބޯއަކީ ބާސެލޯނާގެ ޔޫތު ޓީމަށް 2011 އިން 2015 އާ ހަމައަށް ކުޅުނު ހުނަރުވެރި ޒުވާން ކުޅުންތެރިއެކެވެ.

2015 ވަނަ އަހަރު ޖަޕާނަށް ބަދަލުވެ، އެޤަމުގައި މޮޅު ކުޅުމެއް ދައްކަމުންއައި، ކޫބޯއަކީ ޖަޕާނުގެ އެެއް ވަނަ ޑިވިޝަނުގެ ތާރީޚުގައި ލަނޑު ޖެހި އެންމެ ޒުވާން ކުޅުންތެރިޔާއެވެ. 

ރެއަލްމެޑްރިޑުން ކޫބޯ ކިތަންމެ ބޭނުންވިނަމަވެސް ޒުވާން ދުވަސްވަރު ގިނަ ވަގުތު ކުޅެން ލިބެ، ހުނަރު ތަރައްޤީކޮށް ތަޖުރިބާ ހޯދުމުގެ ބޭނުމުގައި ލޫނު އުސޫލުން މަޔޯކާއަށް ވިއްކާލުމަށް އެއްބަސްވެފައިވަނީ 2019-20 ގެ ސީޒަންއަށެވެ.

"ސީޑީ މަޔޯކާއާއެކު ރެއަލްމެޑްރިޑަށްވަނީ އެއްބަސްވުމަކަށް އާދެވިފައި. އެގޮތުން ލޯނު އުސޫލުން 2020 ވަނަ އަހަރުގެ ޖޫން 30 އާއި ހަމައަށް ކޫބޯ މަޔޯކާއަށް ވިއްކާލަންވަނީ އެއްބަސްވުމަކަށް އައިސްފައި." ރެއަލްމެޑްރިޑުން ބުންޏެވެ.

ކޫބޯގެ އާޓީމު ކުޅުންތެރިންނާއި މިއަދު ފަރިތަކުރުންތަން ފަށާނެއެވެ.

މިދިޔަ ސީޒަންގެ ޕްލޭ އޮފް ކުޅެ މިސީޒަނުން މަޔޯކާއަށް ޖާގަ ލިބިފައިވާއިރު، މިސީޒަންގައި ފުރަތަމަ ކުޅުނު މެޗުން އީބާއާއި ބައްދަލުކޮށް 2-1 ގެ ނަތީޖާއަކުންވަނީ މޮޅުވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ