ތުރުކުމެނިސްތާނާއި ބައްދަލުކުރި ތިންވަނަ ހޮވާ މެޗުން ރާއްޖެ ބަލިވެެއްޖެ

އޭވީސީ ސެންޓްރަލް ޒޯންގެ ވޮލީ މުބާރާތުގައި ތުރުކުމެނިސްތާނާއި ބައްދަލުކުރި ތިންވަނަ ހޮވާ މެޗުން ރާއްޖެ ބަލިވެއްޖެއެވެ.

މިއަދު ކުޅުނު މެޗުން ރާއްޖެ ވަރުގަދަ ތުރުކެމެނިސްތާން އަތުން ބަލިވީ ސީދާ ތިން ސެޓުންނެވެ.

ތުރުކުމެނިސްތާނުން ސެޓުތައް ގެންދިޔައީ 25-19، 25-20 އަދި 25-19 އިންނެވެ.

ހަތް ޤައުމު ވާދަކުރި މިމުބާރާތުގައި ރާއްޖެވަނީ ސެމީއާއި ހަމައަށް ދަތުރުކޮށްފައެވެ. ރާއްޖެ ސެމީއަށް ދަތުރުކޮށްފައިވަނީ ނޭޕާލްއާއި ބައްދަލުކޮށް ސީދާ ތިން ސެޓުން މެޗު ކާމިޔާބުކޮށްގެންނެވެ.

އަދި ސެމީގައި އުޒުބަކިސްތާނާ ބައްދަލުކޮށް ނާކާމިޔާބީއާއި ރާއްޖެއަށް ކުރިމަތިލާންޖެހުނުއިރު، އެމެޗުން ރާއްޖެ ބަލިވީ ސީދާ ތިން ސެޓުންނެވެ. 

މިފަހަރުގެ މުބާރާތަށް ރާއްޖެއިން ނުކުތީ ތަށްޓަށް ޓާގެޓް ކޮށްގެންނެވެ.

މިއަދު ކުޅުނު ތިންވަނަ ހޮވާމެޗާއެކު މިފަހަރުގެ މުބާރާތް ރާއްޖެ އަށް ނިމުނުއިރު، މިއީ 16 އަހަރު ގައުމީ ޓީމަށް ކުޅުމަށް ފަހު ތަޖުރިބާކާރު ކުޅުންތެރިޔާ އަހުމަދު އަބްދުލް ކަރީމް (ލޯންގޭ) ގައުމީ ޖޯޒީގައި ފެނުނު ފަހުމެޗެވެ.

އަންނަ އަހަރު އޭވީސީ ފިރިހެން އަދި އަންހެން މުބާރާތަށް ރާއްޖެއިންކުރި ބިޑް ވަނީ ކާމިޔާބުކޮށްފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ