ހިތުގެ އެދުން (10)

(ހުކުރު ދުވަހުގެ އަދަދާއި ގުޅޭ)

އަސްލުވެސް ބުނެބަލަ ކިހިނެއްތަ އޭނަގެ ލޮލައް ހެދީ؟ ހަމައެކަނި ކުޅެއް ޖަހައިން ބޮޑު ފިރިހެނަކު އެވަރަށް ރޯނެތަ؟" ނީލް ހައިރާންވިއެވެ.

"އެއީ އާދައިގެ ކުޅެއްތަ؟ ނީލް އަޑެއް ނާހަންތަ ހަންޑިއެއް، މީހެއްގެ ލޮލަށް ކުޅު ޖަހައިފިއްޔާ އެ ލޯ އަނދިރިވާ ވާހަކައެއް؟" ނޫރީން ނީލްގެ ލޮލަށް ބަލަން ހުރެގެން ސުވާލު ކޮއްލިއެވެ.

"އާނ ވަރަށް މަޖާ އިނގޭ" ނީލް ނޫރީން ދެއްކި ވާހަކަ ގަބޫލުކުރާކަށް ބޭނުމެއް ނުވިއެވެ.

"ހާސްނުވޭ. އަހަރެން ބުނާ ބޭހެއް ހަދާފަ އެޅީމަ ދުވަސްކޮޅަކުން އޭނަ ރަނގަޅުވެދާނެ." ނޫރީން ފަހުރުވެރިކަމާއި އެކުގައި ބުނެލިއެވެ.

ދަތުރު ކުރުކޮށް އެންމެން ރަށަށް އަނބުރާ ދާންޖެހުނީ އާޒިމް ލޮލަށް ތަދުވާވަރުން ތެޅިފޮޅޭތީއެވެ. ދަތުރު ކުރުކޮއްލަން އެކަކުވެސް ބޭނުމެއް ނުވެއެވެ. ނަމަވެސް ކަންތައް ދިމާވިގޮތުން އެކަކަށް އެއްކަމެއްވެސް ކުރެވޭކަށް ނެތެވެ.

ރަށަށް އެނބުރި ދެވެންދެން އެންމެންގެ ތެރެއަށް ވެރިވެފައިވީ ހަމަހިމޭންކަމެވެ. އާޒިމްގެ ލޮލަށް ވީ ގޮތަކާއި ދޭތެރޭ އެންމެންނަށްވެސް ވިސްނެނީއެވެ. ރަށަށް ލެފުމާއިއެކު އިހްސާންއާއި ނީލް ދިޔައީ އާޒިމް ގޮވައިގެން މަރުކަޒަށެވެ. ނޫރީން ހަމަޖެހުމުގެ ނޭވާއެއް ދޫކޮއްލަމުން ގެއަށް ދިޔައެވެ.

"ހާދަ ލަހުން ތިއައީ. އަހަންނަށް ކިރިޔާ ނުނިދުނީ" ނީލް ގެއަށް އައުމުން ނޫރީން ޝަކުވާ ކުރިއެވެ.

"ކިހިނެއް އެހާ އަވަހަށް އާދެވެނީ؟ އާޒިމްގެ އާއިލާ މީހުން އެތަނަށް ދިޔަސް ނުކެރޭނެ އެއްނު އެހާ އަވަހަށް އަންނާކަށް. އާޒިމްގެ ލޮލަށް ހާދަ ވަރެކޭ ވެފައި ހުރީ. ހަމަ ޔަގީންތަ އެއީ ނޫރީން ކުޅެއް ޖަހައިން ވީ ކަމެއްކަން؟ އޭނަގެ ދެލޯ ނުވެސް ހުޅުވޭ. ހީވަނީ ގަދަ ތެރަހެއް އަޅާ ތަތްކޮއްފައި ހުރިހެން. އަހަރެން ގަބޫލެއް ނުކުރާނަން އެއީ ނޫރީން ކުޅު ޖަހައިގެން ވީވަރެއް ކަމަކަށް." ނީލްއަށ ގަބޫލެއް ނުކުރެވުނެވެ.

"ނީލް ދޭބަލަ ދެންވެސް ފެންވަރައިގެން އަންނަން. އަހަރެން އެބަ އޮތޭ ނީލް ގާތުގައި ވާހަކައެއް ބުނަންވެފައި." ނޫރީން އެދުނެވެ.

ނޫރީންގެ އެދުމާއި އެކު ނީލް ދިޔައީ ފެންވަރާލާށެވެ. ނޫރީން ހެނދުނުއްސުރެ ވާހަކައެއް ދައްކަން މަސައްކަތް ކުރާތީ އެއީ މުހިއްމު ވާހަކައަކަށް ވެދާނެކަމަށް ގަބޫލު ކުރެވޭތިއެވެ.

ފެންވަރަން މާގަނޑު ދޫކޮއްލައިގެން ހުރި އިރުވެސް ނީލްއަށް ވިސްނެނީ އާޒިމްގެ ލޮލަށް ވީ ގޮތެއް ނޭނގޭތީއެވެ. ނޫރީން ދައްކާ ވާހަކަ ނީލްއަށް ގަބޫލުކުރަން ދަތިވަނީއެވެ. އަނެއްކޮޅުން އާޒިމްގާތުގައި ވީ ގޮތެއް އެހުމުން ޖަވާބެއް ނުއެއް ލިބެއެވެ. އެގޮތުގައި މާގަނޑުގެ ދަށުގައި ނީލްއަށް ހުރެވުނީ ކިހާ ވަގުތަކު ކަމެއްވެސް ނީލްއަކަށް ނޭނގުނެވެ. ހޭވެރިކަންވީ ލަސްވެގެން ނޫރީން ގޮވާއަޑު އިވުމުންނެވެ. ތުވާލި އޮޅާލައިގެން ނީލް ނުކުތް އިރު ނޫރީން ހުރީ ކޮޓަރި ތެރޭގައެވެ. ސިއްސައިގެން ދިޔަނަމަވެސް މާ ބޮޑުކަމަކަށް ނުހަދާ އަލަމާރިން ސޯޓެއް ނަގައިންލިއެވެ. ނޫރީން ހުރީ އަނެއް ފަރާތަށް އެނބުރިއެވެ.

"އަހަރެން ހިތުން އަހަރެން ފާހާނާއަށް ވަނީ ކޮޓަރި ތަޅުލާފައި. އެކަމަކު އެހެނެއް ނުއެއްވިތާ" ނީލް ނޫރީންއަށް ބަލަމުން ހީލިއެވެ.

"ނީލް ހުރީ ތަޅުލާފައޭ. އެކަމަކު ވިއްސާރަ ވެހެން ފެށިއިރު މިކޮޓަރި ކުޑަދޮރު ހުޅުވާފައި ހުރިކަން އެނގޭތީ އަހަރެން ވަނީ." ނޫރީން ހަގީގަތް ކިޔާދިނެވެ.

"ނޫރީން ކޮން ވާހަކައެއްތަ އަހަރެންގެ ކައިރީގައި ދައްކަން ވެގެން ތިއުޅެނީ؟" ބޮލުގައި ޖެލްކޮޅެއް އުނގުޅަމުން ނީލް އަހާލިއެވެ. ނޫރީން މަޑު ހިނގުމެއްގައި ގޮސް ލޯގަނޑުން ނީލް ފެންނާނެހެން އެނދުމަތީގައި އިށީނެވެ.
"މިއަދު ހެނދުނު ދޯ.. މިއަދު ހެނދުނު އަހަރެން ގޯތިތެރޭގައި ހުއްޓާ އާ.." ނޫރީންއަށް ބުނެވުނީ އެހާ ހިސާބަށެވެ. ނީލްގެ ފޯނު ރިންގުވާން ފެށިއެވެ. އަތުގެ އިޝާރާތުން މަޑުކޮއްލާށޭ ބުނަމުން ނީލް ފޯނު ނެގިއެވެ.

"ހަލޯ؟ އޭނ! މަޑުކުރޭ އަހަރެން އެބަ ދަން" ނޫރީންއަށް ބަލާލުމަށްފަހު ނީލް އަލަމާރިން ޓީޝާޓެއް ބޮލައް ވައްޓާލަމުން ހިނގައިގަތެވެ.

"ނީލް ކިހިނެއްވީ؟ ކަމެއްވީތަ؟" ނޫރީން އެހެން އަހަމުން ނީލްގެ ފަހަތުން ހިނގައިގަތެވެ. ނީލް އިތުރަށް މަޑުކުރުމެއްނެތި ދިޔައީއެވެ. ނޫރީންގެ ސުވާލަށް އެއްވެސް ޖަވާބެއް ދިނުމެއް ނެތިއެވެ.

ނީލްގެ އަމަލު ހުރިގޮތުން ނޫރީން ދެރަވިއެވެ. ނީލް އަދި އަލަށްވެސް ނޫރީންއަށް ފަސްދީފައި ނުދާތީކަމަށް ވެދާނެއެވެ.

ނީލްގެއިން ނުކުމެގެން ވަކި ހިސާބަކަށް ދެވުނުތަނުން އިހްސާންއާއި ދިމާވިއެވެ. އިހްސާންވެސް އެދަނީ މަރުކަޒަށްކަން ނީލްއަށް ޔަގީންވިއެވެ.

"އެނގޭތަ އެބަ ކިހިނެއްކަންވީ؟ އާޒިމްގެ ބޭބެ ގުޅާފައި އަހަންނާއި ދިމާލަށް ބުނެފި ޑޮކްޓަރުން ބުންޏޯ ދެން ދުވަހަކުވެސް އާޒިމްއަށް ލޮލަކަށް ނުފެންނާނެއޭ" އިހްސާން ހުރީ ހާސްވެފައެވެ.

"އަހަންނަށްވެސް ގުޅާފައި ބުނީ ހަމައެކަނި އެހެން. އެހެންވެގެން އެދިމާލަށް މިދަނީ. އަނެއްކާ ހަމަ އަސްލަށްވެސް ނޫރީން ކުޅު ޖެހީމަ ވީ ގޮތެއްތަ އެއީ؟" ނީލްހުރީ އިހްސާންއަށްވުރެ ބޮޑަށް ހާސްވެފައެވެ.

"ނީލް މޮޔަނުގޮވަބަލަ! މީހަކު މީހެއްގެ ލޮލަށް ކުޅު ޖަހައިން އެވަރު ވެދާނެތަ؟އަހަންނެއް ގަބޫލެއް ނުކުރާނަން. ރަނގަޅަށް ވިއްޔާ އޭނަ ލޮލަށް ގޮތެއް ވެގެން އޭނަ ނޫރީން ކައިރިއަށް ދާނީވެސް. އެމަންޖެގެ ބޮލަށް ކަމެއް ބިންދަން ކުރި ކަމެއް ތޯއްޗެއް. އެގޭ އެންމެންނަކީވެސް އެކަހަލަ މީހުން. މީހުންގެ ލޯ މައްޗައް މާ ރަނގަޅު ބަޔަކަށްވެގެން އުޅޭނީ. މީހުން ބުނެ އުޅެއެއްނު. ބައެއް މީހުންގެ ހިތް އޮންނާނީ ދެލިގަނޑެއް ހެންނޭ، ކަން އޮންނާނީ ވެލިގަނޑެއްހެންނޭ. އޭގެ މީހުން ހައްތަހާވެސް. އެކަމަކު އެގޮލާގެ ލޯ ރަނގަޅު ނުވެއްޖިއްޔާ އަހަރުމެންނަށް ދިރިއުޅެން ދަތި ކުރާނެ" އިހްސާން ވިސްނަމުން ދިޔައީ އާޒިމްގެ އާއިލާގެ ފަރާތުން އެ ހަތަރު މީހުންނަށް ދިމާވެދާނެ އުނދަގުލަކަށެވެ. އާޒިމްގެ އާއިލާއަކީ ރަށުގައި ބާރު އޮންނަ ބައެކެވެ. އޮޑި ދޯނި ފަހަރާއި ވިޔަފާރި ހިންގާ ރަށުގައި އެންމެ ތަނަވަސް ދިރިއުޅުން އުޅެމުން އަންނަ ބައެކެވެ. އެމީހުންނާއި މައްސަލަ ޖެހިގެން ރަށުގައި އުޅެން ދަތިވާނެއެވެ.

މަރުކަޒަށް ދެވުނު އިރު މަރުކަޒުގައި މީހުން ތޮއްޖެހިފައިވީ އާޒިމްގެ ހާލުބަލާށެވެ. ވެގެން އުޅޭ ގޮތެއް ނޭނގި ވާހަކަ ދައްކާ މީހުންވެސް މަދެއް ނޫނެވެ. ގިނަމީހުން ލަފާކުރަނީ ދަތުރުގެ ތެރޭގައި ހިނގި ހަމަ ނުޖެހުމެއްގައި އިހްސާންއާއި ނީލް އާޒިމްއަށް ދިން އަނިޔާއެއްގެ ގޮތުގައެވެ. ގިނައީވެސް ވީނުވީއެއް ނޭނގި އާޒިމްއާއި އެއްކޮޅަށް ތިބި މީހުންނެވެ. ނަތީޖާއަކަށްވީ މަރުކަޒަށް ވަނުމާއި އެކު އިހްސާންއާއި ނީލްއަށް މީހުންގެ ނުރުހުމުގެ ބަސްތައް އަމާޒުވުމެވެ.

"އަދިވެސް އާޒިމް އަހަރުމެންނަށް ވީ ނުވީއެއް ކިޔައެއް ނުދޭ. ވެދާނެ އަޅާވޭނުން ކިޔާ ނުދެވުނީ ކަމަށް. މިހާރު ބޭސްދީގެން އެ އޮތީ ނިދިފައި. ހޭލެވުނީމަ އެނގިދާނެ ވީ ގޮތެއް. ދުއާ ކުރޭ އޭނަ ކަލޭމެންނާއި ދެކޮޅަށް އެއްޗެއް ނުބުނޭތޯ. އެހެން ނޫނީ އެނގޭނުދޯ؟" އާޒިމްގެ ބޭބެ އިންޒާރުދިނެވެ.

މުޅި ރަށުގެ ތެރޭގައި ދެކެވެމުން ދިޔައީ އާޒިމްގެ ވާހަކައެވެ. ގޮތް ނޭނގޭ އަންހެން ކުއްޖެއް ހިމެނުނު ދަތުރެއްގައި ދިޔައިރަށް ކަންތައް ދިމާވި ގޮތުގެ ވާހަކައެވެ. ނީލްއަދި އިހްސާންގެ ގޭ ދޮށުގައި މީހުންވެސް ކޮންމެވެސް ވަރަކަށް އެއްވެ ތިއްބެވެ.

ނީލްގެ އިންތިޒާރުގައި އިން ނޫރީންއަށް ހިނިތުންވެލެވުނީ ނީލްއައިސް ގެއަށް ވަނުމުންނެވެ. ނަމަވެސް އެ ހިނިތުންވުން ގެއްލިގެން ދިޔައީ ނޫރީން ކައިރިން އަޅާފައި ނީލް އަނގައިން ނުބުނެ ގޮސް ކޮޓަރިއަށް ވަނުމުންނެވެ.
"ނީލް ކިހިނެއްވީތަ؟ ކަމެއްވީތަ؟" ނޫރީން ހާސްވާގޮތްވިއެވެ.

"ނޫރީން މިހާރަކު ނޫން. އަހަރެން ބޭނުންވަނީ ޖައްސާލަން" ނީލްއެދުނެވެ.

"އަހަންނަށް ކަމެއް ކުރެވުނީތަ؟ ވެގެން އުޅޭގޮތެއް އަހަންނަށް ބުނެދީބަ؟ އާޒިމްއާއި ހުރެތަ؟" ނޫރީން ދޮރުބުޑުގައި ހުރެގެން ވާހަކަ ދެއްކިއެވެ.

"ނޫރީން ހެޔޮ ނުވާނެ. މާދަމާ ދެން ވާހަކަ ދައްކާނީ. އަހަރެން ބޭނުންވަނީ އަރާމުކޮއްލަން. އަހަރެން މިހުރީ ވަރަށް ވަރުބަލިވެފައި" ނީލް އެނދުގައި އޮށޯވެލީ އެއްޗެހިވެސް ނުބާލައެވެ.

"އަހަންނަށް އެނގެޔޭ އޭނަގޯ ލޯ ރަނގަޅު ކުރަން. އެކަމާ ދޭތެރޭ ވިސްނަންޏާ އެހާވަރަށް ނުވިސްނަބަލަ. ނީލް ތިހެން ވާހަކަ ނުދައްކާ ދިޔައިމަ އަހަރެން ދެރަވާނެއެއްނު" ނޫރީންގެ ދެލޯ ފެންކަޅިވިއެވެ.

"އެއްވެސް މަޖަލެއް ނޫން އިނގޭ ނޫރީން. ނޫރީންއަށް އެނގޭތަ އާޒިމް އޮތް ހާލު؟ ދެލޯ މަތީ ބެންޑޭޖު އަޅާފަ. ޑޮކްޓަރު ބުނީ ހިއެއް ނުވެއޭ ދުވަހަކުވެސް އޭނަޔަށް ދެން ފެންނާނެހެން. އެވަރުންވެސް އޭނަވެސް އަދި ނުވިތާކަށް ނޫރީންވެސް ކިޔާދޭކަށް ބޭނުމެއް ނުވޭ ކަންތައް ވީގޮތެއް. އޭނަ އާއިލާ އެންމެންނާއި ރަށުގެ އެންމެން އެކަން އެ އަޅުވަނީ އަހަރުމެން ހަތަރުމީހުންގެ ބޮލުގައި. މާދަމާވެސް އާޒިމް އަހަރުމެންނާއި ދެކޮޅަށް އެއްޗެކޭ ބުނެއްޖިއްޔާ ރަށުގެ ހުރިހާ އެންމެން އަހަރުމެންނާ ދެކޮޅަށް ނުކުންނާނެ." ނީލްގެ އަޑު ބާރެވެ.

"އަހަރެން ނީލްއަށް ދޮގެއް ހަދައިފިންތަ؟ އަހަރެން ބުނީމެއްނު އަހަރެން އޭނަގެ މޫނަށް ކުޅެއް ޖެހިއްޔޭ. ނީލް ބުނެއްޖިއްޔާ މިހާރުވެސް އަހަރެން ގޮސް ބޭސްހަދާފައި އޭނަގެ ލޮލަށް ބޭސް އަޅާފާނަން. އެކަމަކު އެ ހުރިހާ ކަމެއްވީ އޭނަ އެއްވެސް ކަމެއް ނުކޮއް އަލިފެއްހެން ހުއްޓާއެއް ނޫނޭ. އޭނަ އުޅުނީ އަހަރެންގެ ގައިގަ އަތްލާށޭ. އަހަރެން ކީއްތަ ކުރާނީ؟ އިންޒާރު ދިނީމަވެސް އޭނަ އަޑުއަހާކަށް ބޭނުމެއް ނުވި. އެއީ އަހަރެންގެ ކުށެއްތަ؟" ނޫރީންގެ އަޑު ތުރުތުރު އަޅަން ފެށިއެވެ.

"އަދިވެސް ނޫރީން ތިއުޅެނީ އޭ. އަހަރެން ގަބޫލު ކުރަމޭ، އާޒިމް އެފަދަ ކަމެއް ކޮއްފާނެކަމަށް. އެކަމަކު އަހަންނަށް ގަބޫލު ނުކުރެވެނީ ދެން ތިބުނާ ވާހަކައޭ. ކުޅެއް ޖަހައިގެން އިންސާނެއްގެ ލޮލުގެ ފެނުން ދެޔޯ! ނޫރީން ހީކުރަނީ އަހަންނަކީ މޮޔައެއް ކަމަށްތަ؟" ނީލް ހިތްހަމަ ނުޖެހޭގޮތްވިއެވެ.

ނޫރީން ކޮންމެ ގޮތަކަށް އެވާހަކަ ބުނި ނަމަވެސް ނީލް އެވާހަކަ ގަބޫލު ނުކުރާނެކަން ނޫރީންއަށް އެނގުނެވެ.

"ނީލް ދޮރު ހުޅުވަބަލަ" ނޫރީން ދޮރު ތަޅުގައި ހިފާ އަނބުރަން މަސައްކަތް ކުރިއެވެ.

"ނޫރީން މިހާރަކު ނޫނޭ" ނީލް އަނެއްކާވެސް އެދުނެވެ.

ނޫރީންވެސް ގޮތްދޫކުރާކަށް ބޭނުމެއް ނޫނެވެ. ކޮންމެ ގޮތަކުންވެސް ނޫރީން ދައްކާ ވާހަކަ ނީލް ގަބޫލުކުރުމަށް ނޫރީން ބޭނުންވެއެވެ. އިތުރަށް ވިސްނާލުމެއް ނެތި ފާރު ކައިރިއަށް ޖެހިލާ ނީލްގެ ކޮޓަރިއަށް ނޫރީން ދެމިގަތެވެ. ދޮރު ފެންނަ ގޮތަށް އެނބުރިގެން އޮތް ނީލްއަށް އެ މަންޒަރު ވަރަށް ރީއްޗަށް ފެނުނެވެ. ނީލްއަށް ފުންމައިގެން އެނދުން ތެދުވެވުނު ގޮތްވެސް ނޭނގުނެވެ. ދެލޯ ބޮޑުވެ އަނގަ ހުޅުވުނެވެ. އިހްތިޔާރުން ބޭރުގައި ފަހަތަށް ފިޔަވަޅު ނެގެން ފެށުނެވެ

"ނޫރީން މިހާރަކު ނޫނޭ" ނީލް އަނެއްކާވެސް އެދުނެވެ.

ނޫރީންވެސް ގޮތްދޫކުރާކަށް ބޭނުމެއް ނޫނެވެ. ކޮންމެ ގޮތަކުންވެސް ނޫރީން ދައްކާ ވާހަކަ ނީލް ގަބޫލުކުރުމަށް ނޫރީން ބޭނުންވެއެވެ. އިތުރަށް ވިސްނާލުމެއް ނެތި ފާރު ކައިރިއަށް ޖެހިލާ ނީލްގެ ކޮޓަރިއަށް ނޫރީން ދެމިގަތެވެ. ދޮރު ފެންނަ ގޮތަށް އެނބުރިގެން އޮތް ނީލްއަށް އެ މަންޒަރު ވަރަށް ރީއްޗަށް ފެނުނެވެ. ނީލްއަށް ފުންމައިގެން އެނދުން ތެދުވެވުނު ގޮތްވެސް ނޭނގުނެވެ. ދެލޯ ބޮޑުވެ އަނގަ ހުޅުވުނެވެ. އިހްތިޔާރުން ބޭރުގައި ފަހަތަށް ފިޔަވަޅު ނެގެން ފެށުނެވެ

"ނޫރީން މިހާރަކު ނޫނޭ" ނީލް އަނެއްކާވެސް އެދުނެވެ.

ނޫރީންވެސް ގޮތްދޫކުރާކަށް ބޭނުމެއް ނޫނެވެ. ކޮންމެ ގޮތަކުންވެސް ނޫރީން ދައްކާ ވާހަކަ ނީލް ގަބޫލުކުރުމަށް ނޫރީން ބޭނުންވެއެވެ. އިތުރަށް ވިސްނާލުމެއް ނެތި ފާރު ކައިރިއަށް ޖެހިލާ ނީލްގެ ކޮޓަރިއަށް ނޫރީން ދެމިގަތެވެ. ދޮރު ފެންނަ ގޮތަށް އެނބުރިގެން އޮތް ނީލްއަށް އެ މަންޒަރު ވަރަށް ރީއްޗަށް ފެނުނެވެ. ނީލްއަށް ފުންމައިގެން އެނދުން ތެދުވެވުނު ގޮތްވެސް ނޭނގުނެވެ. ދެލޯ ބޮޑުވެ އަނގަ ހުޅުވުނެވެ. އިހްތިޔާރުން ބޭރުގައި ފަހަތަށް ފިޔަވަޅު ނެގެން ފެށުނެވެ.

ނޫރީން ކޮންމެ ގޮތަކަށް އެވާހަކަ ބުނި ނަމަވެސް ނީލް އެވާހަކަ ގަބޫލު ނުކުރާނެކަން ނޫރީންއަށް އެނގުނެވެ.
"ނީލް ދޮރު ހުޅުވަބަލަ" ނޫރީން ދޮރު ތަޅުގައި ހިފާ އަނބުރަން މަސައްކަތް ކުރިއެވެ.
"ނޫރީން މިހާރަކު ނޫނޭ" ނީލް އަނެއްކާވެސް އެދުނެވެ.

ނޫރީންވެސް ގޮތްދޫކުރާކަށް ބޭނުމެއް ނޫނެވެ. ކޮންމެ ގޮތަކުންވެސް ނޫރީން ދައްކާ ވާހަކަ ނީލް ގަބޫލުކުރުމަށް ނޫރީން ބޭނުންވެއެވެ. އިތުރަށް ވިސްނާލުމެއް ނެތި ފާރު ކައިރިއަށް ޖެހިލާ ނީލްގެ ކޮޓަރިއަށް ނޫރީން ދެމިގަތެވެ. ދޮރު ފެންނަ ގޮތަށް އެނބުރިގެން އޮތް ނީލްއަށް އެ މަންޒަރު ވަރަށް ރީއްޗަށް ފެނުނެވެ. ނީލްއަށް ފުންމައިގެން އެނދުން ތެދުވެވުނު ގޮތްވެސް ނޭނގުނެވެ. ދެލޯ ބޮޑުވެ އަނގަ ހުޅުވުނެވެ. އިހްތިޔާރުން ބޭރުގައި ފަހަތަށް ފިޔަވަޅު ނެގެން ފެށުނެވެ.

ނުނިމޭ

މިލިޔުން ކިޔާލުމުން
2
ގުޅުންހުރި ލިޔުންތައް

2 Responses

  1. އަލީ

    ވަރަށް ރީތި ♥️♥️

  2. DhonKanbulo

    Woow ? varah reethi…Nathaa alhe dhen vaanee kihineh…

    1
    1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ