ޗެމްޕިއަންސް ލީގު ޑްރޯ - ޕީއެސްޖީ އަދި ރެއަލްމެޑްރިޑް އެއްގުރޫޕަކަށް

2019-20 ޔޫއެފާ ޗެމްޕިއަންސް ލީގު ގްރޫޕް ތަކުގެ ގުރުއަތުން މިއަދު ކުރިއަށް ގޮސްފައިވާއިރު ސްޕެއިންގެ ވަރުގަދަ ރެއަލްމެޑްރިޑާއި، ފްރާންސްގެ ޗެމްޕިއަން ޕީއެސްޖީ އެއް ގްރޫޕަކަށް ހިނގައްޖެއެވެ.

ފްރާންސްގެ މޮނާކޯގައި ރޭ ކުރިއަށްދިޔަ މިގުރުއަތުލުމުގައި ޕީއެސްޖީ އަދި ރެއަލްމެޑްރިޑްގެ އިތުރުން ގްރޫޕް އޭ ގައި ހިމެނެނީ ކްލަބު ބްރުގްއާއި ގަލަތަސަރޭއެވެ.

އަދި މިހާރުގެ ޗެމްޕިއަން ލިވަޕޫލަށް ގްރޫޕް އީ އިން ޖާގަލިބިފައިވާއިރު، ލިވަޕޫލްގެ އިތުރުން މިގްރޫޕްގައި ދެން ހިމެނޭނީ ނަޕޯލީ، ސަލްޒްބާގް އަދި ގެންކްއެވެ.

އެންމެ ވަރުގަދަ ގްރޫޕެއްގެ ގޮތުގައި ގްރޫޕް އެފް އޮތްއިރު، އެގްރޫޕްގައި ހިމެނެނީ ސްޕެއިންގެ ޗެމްޕިއަން ބާސެލޯނާއާއި، ޖަރުމަނުގެ ބޮރޯސިއާ ޑޯޓުމުންޑްގެ އިތުރުން އިޓަލީގެ އިންޓަރމިލާންއާއި ސްލަވިއާ ޕްރެގޫއެވެ.

2019-20 ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕްތައް

  • ގްރޫޕް - އޭ : ޕީއެސްޖީ، ރެއަލްމެޑްރިޑް، ކްލަބު ބްރުގް
  • ގުރޫޕް - ބީ : ބަޔާން މިއުނިކް، ޓޮޓޭންހާމް، އޮލިމްޕިއާކޯސް، ރެޑް ސްޓަރ
  • ގްރޫޕް - ސީ : މެންޗެސްޓާ ސިޓީ، ޝަކްތަރު ޑޮނެސްކް، ޑައިނަމޯ، އެޓްލާންޓާ
  • ގްރޫޕް - ޑީ : ޔުވެންޓަސް، އެތުލެޓިކޯ މެޑްރިޑް، ބަޔަރ ލެވަރކޫސަން، ލޮކޮމޯޓިވް މޮސްކޯ
  • ގްރޫޕް - އީ : ލިވަޕޫލްމ ނަޕޯލީ، ސަލްޒްބާގް، ގެންކް
  • ގްރޫޕް - އެފް : ބާސެލޯނާ، ބޮރޯސިއާ ޑޯޓްމުންޑް، އިންޓަރމިލާން ސްލާވިއާ ޕްރެގޫ
  • ގްރޫޕް - ޖީ : ޒެނިތު، ބެންފީކާ، ލިއޯން، ލެޕްޒިގް
  • ގްރޫޕް - އެޗް : ޗެލްސީ، އަޔޭކްސް، ވެލެންސިއާ، ލިލް

2019-20 ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖް މެޗުތަށް އަންނަ ސެޕްޓެމްބަރމަހުގެ 17 ގައި ފެށުމަށްހަމަޖެހިފައިވާއިރު، ގްރޫޕް ސްޓޭޖުގެ މެޗުތައް މިއަހަރުގެ ޑިސެމްބަރުމަހާއި ހަމައަށް ކުރިއަށް ދާނެއެވެ. ކޮންމެ ޓީމެއްވެސް ގްރޫޕް ސްޓޭޖް ހަމެޗު ކުޅޭއިރު ގަދަ 16 އަށް ދަތުރުކުރާނީ ކޮންމެ ގްރޫޕެއްގެވެސް އެއްވަނައާއި ދެވަނައެވެ. އަދި ގްރޫޕްގެ ތިންވަނަ ޓީމަށް ޔޫއެފާ ޔޫރޮޕާ ލީގުގެ ގަދަ 16 އިން ފުރުޞަތު ލިބިގެންދާނެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ