ރޭސިން ޓްރެކެއް ނެތީސް ނޭޝަނަލް ރޭސިން އެސޯސިއޭޝަނެއް ނުހެދޭނެ ކަމަށް މިނިސްޓަރ އޮފް ޔޫތް، ސުޕޯޓްސް، އެންޑް އެމްޕަވަރމެންޓް އަހުމަދު މަހުލޫފު ވިދާޅުވެއްޖެ އެވެ.
މަހުލޫފު މިހެން ވިދާޅުވެފައިވަނީ މިއަދު ކުރެއްވި ޓުވީޓެއްގަ އެވެ. "ރޭސިން ޓްރެކެއް ނެތީސް ނޭޝަނަލް ރޭސިން އެސޯސިއޭޝަނެއް ނުހެދޭނެ، ސަރުކާރުން ކުޅިވަރު ނަގަނީ ސީރިއަސްކޮށް، ބޭރުގެ މުބާރަތްތަކުގައި ވާދަކުރުމުގެ ކުރިން ނެއް ވަސީލަތްތައް ގާއިމުކުރަންޖެހޭ" މަހުލޫފުގެ ޓުވީޓުގައި ބުނެފައި ވެއެވެ.
Racing track eh nethis National Racing Association nuhedheyne.
— Ahmed Mahloof (@AhmedMahloof) August 30, 2019
Sarukaarun kulhivaru naganee seriouskoh,beyruge mubaaraaiythakuga vaadhakurumugekurin,neiy vaseelaiythah gaaimkuranjehey.YAG ge order ah 1feb ga dhogu bayaan dhingothah @YoosufMaazin beynunvanee racing ge kurimaraalan https://t.co/zGwugLhu6v
ރޭސިން ޓްރެކާއި އަދި ބޭރުގެ މުބާރަތްތަކާއި ގުޅޭގޮތުން މިނިސްޓަރ މަހުލޫފު ވާހަކަދައްކައިފައި މިވަނީ، ރާއްޖޭގެ ރޭސިން ޓީމެއް ސުރީލަންކާގައި އޮންނަ ރޭސިން މުބާރާތަކަށް މިދިޔަ ބުދަ ދުވަހުގެރޭ ފުރައިފައި ވަނިކޮށެވެ.
އަދި މިމުބާރާތުގައި ރާއްޖޭގެ ފަރާތުން ބައިވެރިވާ ޓީމުގެ އިސްފަރާތްތަކުންވަނީ މިނިސްޓްރީ އޮފް ޔޫތް، ސުޕޯޓްސް، އެންޑް އެމްޕަވަރމެންޓުގެ އެހީތެރިކަން ނުލިބޭކަމަށްބުނެ ފާޑު ކިޔައިފައެވެ. މީގެ އިތުރުން މިޓީމުން މިނިސްޓަރ މަހުލޫފް އާއި ބައްދަލުކުރުމަށް ކުރި މަސައްކަތްވެސް ނާކާމިޔާބު ވެފައިވާ ކަމަށް ޓީމުގެ އިސްފަރާތްތަކުންވަނީ ބުނެފައެވެ.



