ކީޕަރަކަށް ބެލެންޑޯ ހޯދުމަކީ އުދަނގޫ ކަމެއް : އެލިސަން

ކީޕަރެއްގެ ގޮތުގައި ކުޅެ ބެލެންޑޯ ހޯދުމަކީ އުދަނގޫ ކަމެއްކަމަށް ބްރެޒިލްގެ ކީޕަރު އެލިސަން ބެކާ ބުނެފިއެވެ.

ލިވަޕޫލްގެ ގޯލަށް ކުޅެމުން އަންނަ އުމުރުން 26 އަހަރުގެ އެލިސަންވަނީ ނިމުނު ސީޒަންގައި ލިވަޕޫލުން ޗެމްޕިއަންސް ލީގު އުފުލާއިރު އިސްދައުރެއް އަދާކޮށްފައެވެ. މީގެއިތުރުން ބްރެޒިލްގައި މިއަހަރު ކުޅުނު ކޮޕާ އެމެރިކާވެސް އެލިސަންވަނީ ބްރެޒިލްއާއެކު އުފުލާލާފައެވެ.

"ބެލެންޑޯ ހޯދުމަކީ ފަސޭހަކަމެއް ނޫން. ޚާއްސަ ކޮށް ކީޕަރަކަށް." އެލިސަން ބުންޏެވެ.

މީގެ އިތުރުން އެލިސަން ބުނީ، އޭނާއާއި ބެހޭގޮތުން ރަނގަޅު ވާހަކަ މީހުން ދެއްކުމުގެ މާނާއަކީ އޭނާއަށް ކުރެވޭ މަސައްކަތް ފުރިހަމަގޮތުގައި ކުރެވެމުންދާކަމަށާއި އޭނާގެ މަސައްކަތް އެހެން މީހުން ބަލައިގަންނަމުންދާކަމަށެވެ.

މިހާތަނަށް ބެލެންޑޯ ކާމިޔާބުކޮށްފައިވާ ހަމައެކަނި ކީޕަރަކީ ރަޝިއާގެ ޤައުމީޓީމަށް ކުޅުނު ލެވް ޔަޝިންއެވެ. އެނާ މިއެވޯޑު ޙާސިލްކޮށްފައިވަނީ 1963 ގައެވެ. އެއީ މީގެ 56 އަހަރު ކުރިއެވެ.

10 އަހަރު ވަންދެން ބެލެންޑޯ އެވޯޑު ރޮނާލްޑޯ އަދި މެސީއާއި ދެކުޅުންތެރިން ގެންގޮސްފައިވަނިކޮށް، މިދިޔަ އަހަރު (2018 ވަނަ އަހަރު) ކޮރޭޝިއާގެ މޮޑްރިޗްވަނީ މެސީ އަދި ރޮނާލްޑޯ ފަހަތަށް ޖައްސާލުމަށްފަހު މިއެވޯޑު ކާމިޔާބުކޮށްފައެވެ.

ރޮނާލްޑޯ އަދި މެސީ މިއިން ކޮންމެ ކުޅުންތެރިއަކު މިއެވޯޑް ފަސް ފަހަރު ކާމިޔާބުކޮށްފައިވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ