ދުވުންތެރިޔާ އަދި މޮޑެލް މާގަރީޓާ ޕްލަވުނޯވާ މަރުވެފައި އޮށްވާ ފެނިއްޖެ

ދުވުންތެރިޔާ އަދި މޮޑެލް މާގަރީޓާ ޕަލްވުނޯވާ މަރުވެފައި އޮށްވާ ފެނިއްޖެއެވެ.

ރަޝިއާގެ އެތުލީޓެއްކަމަށްވާ އުމުރުން 25 އަހަރުގެ މާގަރީޓާ ޕްލަވުނޯވާ މަރުވެފައި އޮށްވާ ފެނުނީ ރަޝިއާގެ މަގުމަތިން ފެނިފައިވަނީ މިދިޔަ މަހުގެ 22 ވީ ބުރާސްފަތިދުވަހުއެވެ. ޖޮގިންއަށް ނުކުމެ އުޅެނިކޮށް މަރުވި ޕްލަވުނޯވާއަށް މީގެ ކުރިންވެސް ފަރިތަކުރުން ކުރިއަށް ގެންދަނިކޮށް އޭނާގެ ހިތަށް އަނިޔާވެފައިވާއިރު، ރިޕޯޓްތައް ބުނާގޮތުން އޭނާގެ މިކުއްލި މަރުގެ އަސްލަކީ މާބުރަކޮށް ފަރިތަކުރުންތައް ކުރިއަށް ގެންދިއުމެވެ.

ޕްލަވުނޯވާ ޖޮގިން ކުރަނިކޮށް ވިނަ ގަނޑަށް ވެއްޓޭތައް ފެނިފައިވާކަމަށް މަންޒަރުދުށް މީހަކު ބުނިކަމަށް ރިޕޯޓްތައް ބުނެއެވެ.

އޮޓޯޕްސީ ދައްކާގޮތުން ޕްލަވުނޯވާ މަރުވެފައިވަނީ ހިތް ހުއްޓިގެންކަމަށް އޭނާގެ ކޯޗު އެލީނާ މެލްނިކޯވާވަނީ ބުނެފައެވެ. އަނިޔާގެ އެއްވެސް ނިޝާނެއް ހަށިގަނޑު ބޭރުން ފެންނަން ނެތްކަމަށްވެސް ރިޕޯތްތައް ބުނެއެވެ.

ދުވުމުގެ ރޭހުގައި ހިމެނޭ 'ސްޕްރިންޓް' އަދި 'ހާޑަލްސް' ގައި ބައިވެރިވާ ޕްލަވުނޯވާއަކީ 60 މީޓަރު 'ހާޑަލްސް' ގެ ރަޝިއަން ސްޓޫޑަންޓް ޗެމްޕިއަންއެވެ. މީގެއިތުރުން 100 މީޓަރު އަދި 400 މީޓަރު 'ހާޑަލްސް' ގައިވެސް އޭނާ ވާދަކުރެއެވެ.

ޓޮމްސްކް ސްޓޭޓް ޔުނިވާސިޓީގެ ސްޕޯޓްސް ޑިޕާޓްމަންޓްއިން ކިޔެވި ޕްލަވުނޯވާ 100 މީޓަރު 'ހާޑަލްސް' އެންމެ އަވަހަށް ނިންމާފައިވަނީ 14.06 ސިކުންތުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ