އިންޖަރީގައި ހުރި ޓޮޓޭންހާމްގެ އިތުބާރު ފޯވާޑް ހެރީ ކޭން އެޓީމުގެ ފަރިތަކުރުންތަކުގައި ބައިވެރިވާން ފަށައިފައިވާއިރު އަންނަ ހޮނިހިރު ދުވަހު ބާންލީއާ ދެކޮޅަށް ޓޮޓޭންހާމް ނިކުންނަ މެޗުން ކޭން ފެންނާނެކަމަށް ވަރަށް ބޮޑަށް ލަފާކުރެވެއެވެ.
މެޗުގެ ފަހުވަގުތު ކޮޅުގައި ކުޑަހުޅަށް ލިބުނު އަނިޔާއަކުން ކޭން އިންޖަރީ ވެފައިވަނީ ޖެނުއަރީ 13 ވަނަ ދުވަހު މެންޗެސްޓަރ ޔުނައިޓެޑާ ބައްދަލުކޮށް ބަލިވި މެޗުގައެވެ. މިއިންޖަރީއަށްފަހު ކޭންއަށް އަނބުރާ ކުޅުމަށް އާދެވޭނީ އަންނަ މާރޗުމަހުކަމަށް އޭރު ރިޕޯރޓްކުރެވުނެވެ.
ނަމަވެސް ޓޮޓޭންހާމްގެ ފަރިތަކުރުމުގެ ތެރެއިން ނަގާފައިވާ ފޮޓޯއެއް ބުދަބުވަހު މީސްމީޑިއާގައި ޕޯސްޓްކުރަމުން ޓީމާގުޅުމުން އުފާވާކަމަށް ކޭން ބުނެފައިވެއެވެ. މިސީޒަންގައި 20 ލަނޑުކާމިޔާބުކޮށްދީފައިވާ ކޭން ޓީމާ ގުޅުންވެގެންދާނީ ޓޮޓޭންހާމްއަށް މިދަނޑިވަޅުގައި ލިބޭ ވަރަށް ބޮޑު ހިތްވަރަކަށެވެ.
Great to be back with my team. ? #COYS pic.twitter.com/f7cnhEm6Od
— Harry Kane (@HKane) February 20, 2019
ކޭން ނުހިމަމަނައި ޓޮޓޭންހާމް ކުޅުނު ހަތަރު މެޗުންވެސް މޮޅުވެފައިވާއިރު މިދިޔަ ހަފްތާގައި 3-0ގެ ނަތީޖާއަކުން ޑޯޓްމުންޓް ބަލިކޮށް ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގެ އުންމީދުވަނީ ބޮޑުކޮށްފައެވެ.
ސިޓީ އަދި ލިވަޕޫލްގެ ފަހަތުން ތާވަލްގެ ތިންވަނައިގައި ޓޮޓޭންހާމް އޮތްއިރު ކުރިއަތްއޮތް ދެހަފްތާ ތެރޭގައި ޓޮޓޭންހާމްއިން އެސިޓީގެ ޗެލްސީ އަދި އާސެނަލްއާ ބައްދަލުކުރަން ޖެހޭނެއެވެ.
2018ވަނަ އަހަރުގެ ވޯލްޑްކަޕްގެ ރަންބޫޓް ހާޞިލްކުރި ހެރީ ކޭން އިންޖަރީވުމުގެ ކުރިން ކުޅުނު ހަތް މެޗުން ހަތް ލަނޑު ޓޮޓޭންހާމްއަށް ކާމިޔާބުކޮށްދީފައިވެއެވެ.



