ކުރީގެ ރައީސް ޢަބްދުﷲ ޔާމިނު ޢަބްދުލްޤައްޔޫމްގެ 7 ލަނޑާއެކު 'ޓީމު ޔާމިނު' މަހިބަދޫ ބަލިކޮށްފިއެވެ.
މަހިބަދޫގައި ފުޓްސަލް ދަނޑުގައި މިއަދު ހަވީރު ކުޅުނު މިމެޗު ޓީމު ޔާމިނު ކާމިޔާބުކޮށްފައިވަނީ 12-15 ލަނޑުގެ ނަތީޖާއަކުންނެވެ.
ރައީސް ޔާމިނުގެ ޓީމަށް މެމްބަރު ޝިޔާމް، ޝުޖާ، ޓޮމް، އަދި އެމަނިކުފާނު ސަރުކާރުގެ މިނިސްޓަރުން ކަމަށްވާ މުއިއްޒު އާއި ސަޢީދުވެސް ކުޅެފައިވާކަން ފާހަގަކޮށްލެވެއެވެ.

އ.ދ އަތޮޅުގެ ރަށްތަކަށް މިހާރު ރައީސް ޔާމިނު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު މަހިބަދޫ ގައި އެރަށުގެ ޓީމަކާއި ރައީސް ޔާމީނުގެ ޓީމު ކުޅުނު މިމެޗުގައި އެމިނަކުފާނުވަނީ ފުލްކޮށްކުޅެފައެވެ. އަދި އެމަނިކުފާނުގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެން ގޮސްފައިވާކަންވެސް ފާހަގަކޮށްލެވެއެވެ.







6 Responses
Varah molhu
(މަހިބަދޫގައި ފުޓްސަލް ދަނޑުގައި) މިއަދު ހަވީރު ކުޅުނު މިމެޗު ޓީމު ޔާމިނު ކާމިޔާބުކޮށްފައިވަނީ 12-15 ލަނޑުގެ ނަތީޖާއަކުންނެވެ.
Liyevey nuliyevey eh ingeytha
Chaina matcun fennane kamah unmeedhu kuran. Dhagey katuvaalaafa
Fully autocratic
Same shit repeated
ކީކޭ ބުނާނީ ދޯ؟ މީވެސް ހަބަރެއްވިއްޔާ
ލޮލް. ރަނގަޅު ކުޅުމެކޯ؟