ރާއްޖޭގެ މަޝްޙޫރު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާޤު (ދަގަނޑޭ) ޤައުމީ ފުޓްބޯޅަ ޓީމަށް ނަގައިފިއެވެ.
އަދި މިކަން ދަގަނޑޭވެސް ވަނީ މިރޭކުރި ޓުވީޓަކުން ޔަގީން ކޮށްދީފައެވެ.
Back in business!! ??⚽♥️ In Sha Allah I will always give my 100% everytime I’m called for the national duty. Thanks for the love and support ?? pic.twitter.com/WW4MGANIsf
— Ali Ashfaq (@AliAshfaq07) September 7, 2019
އެހެންކަމުން ވޯލްޑްކަޕް ކޮލިފައިންގައި އޭޝިއާގެ ގަދަބާރު ޗައިނާއާއި ދެކޮޅަށް މާލޭގައި ކުޅޭ މެޗުގައި ދަނގަޑޭ ފެނިގެންދާނެކަމަށް ވަރަށް ބޮޑަށް ލަފާކުރެވެއެވެ. އަދި ރާއްޖޭގެ ޤައުމީ ޓީމާއެކު މާދަމާގެ ޕްރެކްޓިހަށް ދަނގަޑޭ ނުކުންނާނެކަމަށް މަޢުލޫމާތު ލިބޭއިރު، ޗައިނާ އާއި ދެކޮޅަށް ކުޅެން ނެގި ރާއްޖޭގެ 25 ކުޅުންތެރިންގެ ސްކޮޑްގައި ދަގަނޑޭ ހިމެނެއެވެ.
ވޯލްޑް ކަޕް ކޮލިފައިންގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗުގައި ގުއާމްއާއި ބައްދަލުކޮށް މޮޅުވެފައިވަނީ 0-1 ގެ ނަތީޖާއަކުންނެވެ، އެމެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ޖަހާދީފައިވަނީ އިބްރާހިމް މަހުދީ ހުސެއިން (ފޭދޫ އިއްބެ) އެވެ.
އުމުރުން 34 އަހަރުގެ ދަގަނޑޭ ޤައުމީ ޓީމުން ވަކިކޮށްފައިވަނީ ބޫޓާނާއި ދެކޮޅަށް މާލޭގައި ކުޅުނު މެޗެއްގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަށް ހާޒިރުނުވިކަމަށް ބުނެ ދަގަނޑޭގެ އަޚުލާޤީ މައްސަލަތަކެއް ޤައުމީ ކޯޗު ޖައްސާފައިވާއިރު، ދަގަނޑޭވަނީ މިދިޔަ އަހަރުގެ މާޗު މަހު ގައުމީ ޓީމުން ވަގުތީ ގޮތުން ވަކިކޮށްފައެވެ. އެހެންނަމަވެސް ތަޖުރިބާކާރުން ތުޙުމަތުކުރާގޮތުގައި އެކަމުގެ ފަހަތުގައި އޮތީ ޒާތީ ސަބަބެކެވެ.




