ގައުމަށް ހިދުމަތް ކުރުމަށް ލިބޭ ކޮންމެ ފަހަރަކު 100 ޕަސެންޓް ދޭނަން - ދަގަނޑޭ

ގައުމަށް ހިދުމަތް ކުރުމަށް ލިބޭ ކޮންމެ ފަހަރަކު 100 ޕަސެންޓް ދޭނެ ކަމަށް ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގް (ދަގަނޑޭ) ބުނެފިއެވެ.

ދަގަނޑޭ މިހެން ބުނެފައިވަނީ ގިނަ ދުވަސްތަކެއް ވަންދެން ގައުމީ ޓީމަށް ނުނަގާ ބެހެއްޓުމަށްފަހު މިއަދު ގައުމީ ޓީމަށް ނެގުމުން އެކަމާއި ގުޅޭގޮތުން މިރޭ ކުރި ޓުވީޓެއްގައެވެ.

ގައުމީ ޓީމުގެ ބައެއް ކުޅުންތެރިންނާއެކު ނަގައިފައިވާ ސެލްފީއެއް ޓުވީޓު ކުރަމުން ދަގަނޑޭ ބުނެފައިވަނީ، ގައުމަށް ހިދުމަތް ކުރުމަށް ލިބޭ ކޮންމެ ފަހަރަކުވެސް 100 ޕަސެންޓް ދޭނެ ކަމަށާއި ދެއްވާ ލޯތްބާއި ސަޕޯޓަށް ޝުކުރު އަދާކުރާ ކަމަށެވެ.

https://twitter.com/AliAshfaq07/status/1170365243471486976

މިދިޔަ އަހަރު ބޫޓާނާއި ދެކޮޅަށް މާލޭގައި ރާއްޖެ އިން ކުޅުނު މެޗެއްގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަށް ހާޒިރުނުވި މައްސަލާގައި ދަގަނޑޭ ގައުމީ ޓީމުން ސަސްޕެންޑް ކުރިފަހުން ގައުމީ ޓީމުން ދަގަނޑޭއަށް ފުރުސަތު ދީފައެއް ނުވެއެވެ.

ގައުމީ ޓީމުގެ ކޯޗު ޕީޓާ ސެގާޓް ފަހުން ބުނެފައިވަނީ ދަގަނޑޭ ގައުމީ ޓީމުން ބާކީ ކޮށްފައިވަނީ އުމުރުން މާ ދޮށީވުމުގެ ސަބަބުން ކަމަށެވެ. ނަމަވެސް މިދިޔަ އަހަރު ރާއްޖޭގެ އެންމެ މޮޅު ކުޅުންތެރިޔާ އާއި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ ދަގަނޑޭވަނީ ދަގަނޑޭއަކީ އަދިވެސް މިރާއްޖޭގައި ހުރި އެންމެ ހުނަރުވެރި ކުޅުންތެރިޔާކަން ސާބިތުކޮށްދީފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ