"ތިބާ ސައިކޮލޮޖީ" ކުލިނިކު ރައީސް ޞޯލިޙްގެ އަނބިކަނބަލުން ހުޅުއްވައިދެއްވައިފި

"ތިބާ ސައިކޮލޮޖީ" ކުލިނިކް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ރަސްމީގޮތުން ރޭ ހުޅުއްވައިދެއްވައިފިއެވެ.

މާފަންނު ފްލެމިންގޯ ގޭގައި ރޭ ރަސްމީކޮށް ހުޅުވި މި ކްލިނިކަކީ ނަފްސާނީ ބަލިތަކަށް ފަރުވާދިނުމަށް ޚާއްޞަކުރެވިގެން ހުޅުވި ކުލިނިކެކެވެ.

މި ކްލިނިކު ރަސްމީގޮތުން ހުޅުއްވައިދެއްވުމަށް ފަހު ދެއްކެވި ވާހަކަފުޅުގައި ފަޒްނާ އަޙްމަދު ވަނީ ނަފްސާނީ ބަލިތަކާ ގުޅޭ ދާއިރާގައި މަސައްކަތްކުރާ ހުރިހާ ފަރާތްތައް ގުޅިގެން ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް މަސައްކަތްކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ.

ނަފްސާނީ ބަލިތައް ތަޙައްމަލުކުރާ ފަރާތްތަކަށް ފަރުވާދިނުމަށް ހަރަކާތްތެރިވާ ފަރާތްތައް އިތުރުވަމުން އަންނަކަން ފާހަގަކުރައްވައި އެއީ އުފާކުރައްވާ ކުރިއެރުމެއްކަން އެކަމަނާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

މިރޭގެ މި ޙަފްލާގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ މި ކްލިނިކު އިފްތިތާޙްކޮށްދެއްވުމުގެ އިތުރުން ކުލިނިކުގެ ވެބްސައިޓުވެސް އިފްތިތާޙް ކޮށްދެއްވާފައެވެ.

މީގެ އިތުރުން އެކަމަނާ ވަނީ ކްލިނިކުގައި ފަރުވާދިނުމަށް ޤާއިމުކޮށްފައިވާ ތަންތަން ބައްލަވާލައްވާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ