ވޯލްޑްކަޕް ކޮލިފައިންގައި މިރޭ ރާއްޖެއާއި ޗައިނާ ކުޅޭ ފުޓްބޯޅަ މެޗުން ރާއްޖެ ބަލިނުވެއްޖެނަމަ، ޤައުމީ ޓީމުގެ ކޮންމެ ކުޅުންތެރިޔަކަށް އެއްލައްކަ ރުފިޔާގެ ބޯނަސްއެއް ދޭނެކަމަށް ކުޅިވަރާބެހޭ ވަޒީރު، އަޙްމަދު މަޙްލޫފް ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މަޙްލޫފް މިހެން ވިދާޅުވީ، ޗައިނާއާ ދެކޮޅަށް ޤައުމީ ދަނޑުގައި މިރޭ ވޯލްޑް ކަޕް ކޮލިފައިންގައި ކުޅޭ މެޗުގެ ކުރިން، ހޮޓެލް ޖެންގައި ޓީމާ ބައްދަލުކުރައްވައި ވާހަކަދައްކަވަމުންނެވެ.
މަހުލޫފް ވިދާޅުވީ، މިރޭގެ މެޗުން މޮޅުވެއްޖެނަމަ، ނުވަތަ އެއްވަރުވެއްޖެނަމަ ޤައުމީ ޓީމުގެ ކޮންމެ ކުޅުންތެރިއަކަށް އެއް ލައްކަ ރުފިޔާގެ ބޯނަސްއެއް ސަރުކާރުން ދޭން ނިންމާފައިވާ ކަމަށެވެ.
މިރޭ 08:00 ގައި ގަލޮޅު ރަސްމީ ބޯޅަ ދަނޑުގައި ކުޅޭ މި މެޗް ބައްލަވާލެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞޯލިޙްވެސް ދަނޑަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.
ދިވެހިންގެ ހިތްތަކުގައި ރަސްކަންކުރަމުންދާ ފުޓްބޯޅަ ތަރި، ޢަލީ އަޝްފާޤް (ދަގަނޑޭ) އަށް މިރޭގެ މެޗުގެ ސްކޮޑުން ޖާގަ ދީފައިވީ ނަމަވެސް މިރޭގެ މެޗުން ދަގަނޑޭ ފެންނާކަން އަދި ޔަޤީންވެފައެއް ނުވެއެވެ.





ހިޔާލު
Ahumadhu mahuloofu. Thifaisaa nikan ethiba salaanjahaa nikamathi fageerunnah dheebala. Efakeerun ethibee ehee eh nulibifa. Theefahe rahyyithun dheke loabivaabaehtha.heyovaanee kihineth. Mimeehun hithuhurihaagothakah faisaathah thalhaaburuvan. Thimaage jeebun dhey ehchehnamaka yageen thiheneh hadhaakah nukereynekan.yaa allah dhivehi nikamethi rahyyithunnah ihaanethikoh amalu kuraa ehves veriyaku vaanama everiyakah ibaruhssavaagothuge mathin midhuniye mathee everiyakah goth ninmavaafaandheyve. Aameen