ޔޫއެފާ ޔޫރޯ ކޮލިފައިންގައި ރޭ ލިތުއާނިއާއާއި ދެކޮޅަށް ކުޅުނު މެޗުގައި ކްރޮސްޓިއާނޯ ރޮނާލްޑޯ ކާމިޔާބުކޮށްދިން ހަތަރު ލަނޑާއެކު ޕޯޗުގަލް ފަސޭޙަކަމާއެކު މޮޅުވެއްޖެއެވެ.
ރަށުން ބޭރުގައި ކުޅުނު މިމެޗު ޕޯޗުގަލް ކާމިޔާބުކޮށްފައިވަނީ 1-5 ގެ ނަތީޖާއަކުންނެވެ.
މެޗުގެ ޕޯޗުގަލްގެ ކެޕްޓަށް ރޮނާލްޑޯ ހަތަރު ލަނޑު ކާމިޔާބުކޮށްދީފައިވާއިރު، ޕޯޗުގަލްގެ އަނެއް ލަނޑު ކާމިޔާބުކޮށްދިނީ ވިލިއަން ކަރވާޅޯއެވެ. ލިތުއާނިއާއިންޖެހި ހަމައެކަނި އެލަނޑު އެޓީމަށް ކާމިޔާބުކޮށްދީފައިވަނީ ވައިޓާޓަސް އެންޑްރީއަކީއަސްކެވިޝަސްއެވެ.
މިމެޗުގައި ރޮނާލްޑޯ ޖަހައިދިން ހަތަރު ލަނޑާއެކު އޭނާ ޤައުމީ ޓީމަށް ޖަހައިދިން ލަނޑުގެ އަދަދުވަނީ 93 އަކަށް އަރާފައެވެ. އެހެންކަމުން ރޮނާލްޑޯވަނީ ޤައުމީ ޓީމަށް އެންމެ ގިނަ ލަނޑުޖަހައިދިން ކުޅުންތެރިޔާގެ މަޤާމުގައި މިހާރުހުރި ޢަލީ ޑިއާއީ އާ ހަމަކުރަން 16 ގޯލު ގާތަށް ޖެހިލާފައެވެ. އީރާނުގެ ޤައުމީ ޓީމަށް ކުރިން ކުޅުނު ޢަލީ ޑިއާއީވަނީ ޖުމްލަ 109 ލަނޑު ޤައުމީޓީމަށް ކާމިޔާބުކޮށްދީފައެވެ. ރޮނާލްޑޯއަށް މިލިސްޓުން ލިބެނީ ދެވަނައެވެ.
މީގެއިތުރުން ރޭ ފެނިގެން ދިޔަ ލަނޑުތަކަށްފަހު ރޮނާލްޑޯވަނީ ޔޫއެފާ ޔޯރީ ކޮލިފައިންގައި އެންމެ ގިނަ ލަނޑު ޖެހިކުޅުންތެރިޔާއަށް ވެގެން ގޮސްފައެވެ. ޔޫރޯ ކޮލިފައިންގައި ރޮނާލްޑޯ މިހާތަނަށް ޖުމްލަ 25 ލަނޑު ޖަހާފައިވާއިރު، މިރެކޯޑު ކުރިން އޮންނަނީ އަޔާލޭންޑަށް ކުޅުނު ރޮބީ ކީންއަތުގައެވެ. އޭނާވަނީ ޔޫރޯ ކޮލިފައިންގައި އަޔަލޭންޑަށް 23 ލަނޑު ކާމިޔާބުކޮށްދީފައެވެ.

ޕޯޗުގަލްގެ ފަރާތުން ވަރުގަދަ ރަނގަޅު ކުޅުމެއް ފެނިގެންދިޔަ މެޗަށްފަހު ނޫސްވެރިންނާއި ވާހަކަ ދައްކަމުން ބެލެންޑޯއާއި ގުޅުވައިން ރޮނާލްޑޯއާއިކުރި ސުވާލަކަށް ޖަވާބުދެމުން ރޮނާލްޑޯ ބުނީ. ޙަޔާތުގައި އަބަދުވެސް ވިސްނަނީ ޓީމަށް ކާމިޔާބީއެއް ހޯދައިދިނުމަށްކަމަށާއި، އަމިއްލަ އެވޯޑު ތަކާމެދު އެއްވެސް ވަރަކަށް ނުވިސްނާކަމަށެވެ.
"އަހަރެން އަބަދުވެސް ބުނަ،މުން މިއަންނަނީ އަހަރެން އަމިއްލަ އެވޯޑްތަކަކަށް މާވަރަށް ނުވިސްނަން." ރޮނާލްޑޯ ބުންޏެވެ.
މީގެއިތުރުން ރޮނާލްޑޯ ބުނީ، އަހަރެން މިއަދު އުފާވެފައި މިހުރީ އަހަރެންނަށް ޖެހުނު ހަތަރު ލަނޑުގެ ސަބަބުން އެކަނި ނޫންކަމަށާއި، ނަމަވެސް މިފަހަކަށްއައިސް އަހަރެމެން ޓީމު ދައްކާ މޮޅު ކުޅުމުގެ ސަބަބުންކަމަށެވެ.
ޔޫރޯ ކޮލިފައިންގައި ޕޯޗުގަލް ކުޅުނު ފުރަތަމަ ދެމެޗު ނިމިފައިވަނީ އެއްވަރުވެގެންނެވެ. އަދި ފަހުން ކުޅުނު ދެމެޗު އެޓީމުވަނީ ކާމިޔާބުކޮށްފައެވެ.
ރޭގެ މޮޅާއެކު ކުޅުނު ހަތަރު މެޗުން ލިބުނު ޖުމްލަ 8 ޕޮއިންޓާއެކު ޕޯޗުގަލްއަށް ގްރޫޕްގެ ދެވަނަ ލިބޭއިރު އެގްރޫޕްގެ އެއްވަނާގައި ޔޫކްރެއިން އޮތީ ކުޅުނު ފަސްމެޗުން ލިބުނު ޖުމްލަ 13 ޕޮއިންޓާއެކުގައެވެ.




