ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ރައީސް ކަމުން ބައްސާމް އަދީލް ޖަލީލް ވަކިކުރުމަށް އޮންލައިން ޕެޓިޝަނެއް ހަދައި ސޮއިހޯދަން ފަށައިފިއެވެ.
އިސްމާއިލް އިހުތިރާމް ނަމަކަށް ކިޔާ މީހަކު ފަށައިފައިވާ މި އޮންލައިން ޕެޓިޝަނުގައި ބުނެފައިވަނީ، ފުޓްބޯޅައިގައި ކާމިޔާބު ހޯދުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރާ ފަރާތަކީ 12 ވަނަ ކުޅުންތެރިޔާ ކަމަށްވާ ސަޕޯޓަރުން ކަމަށް ދިވެހިން އަބަދުވެސް ބުނާ ކަމަށެވެ. އަދި އެފްއޭއެމްގެ ރައީސް ބައްސާމް ސަޕޯޓަރުންގެ އުންމީދުތައް ފަނިފެނަށް ދުއްވާލައިފައި ވާކަމަށެވެ. ވީމާ މިއީ ބައްސާމް އެފްއޭއެމްގެ ރައީސްކަމުން އިސްތިއުފާދިނުމުގެ ވަގުތު ކަމަށެވެ.
މިޕެޓިޝަނުގައި މިހާތަނަށްވަނީ 347 ފަރާތަކުން ސޮއިކޮށްފައެވެ.
މިފަހަކަށް އައިސް އެފްއޭއެމްގެ ރައީސް ބައްސާމާއި މެދު ގިނަ ދިވެހި ފުޓްބޯޅައިގެ ސަޕޯޓަރުން ނުރުހުން ފާޅުކޮށްފައި ވެއެވެ. މިގޮތުން ރޭ ޗައިނާ އާއި ދެކޮޅަށް ދިވެހިރާއްޖެ ކުޅުނު މެޗުގެ ތެރެއިންވެސް ބައެއް ސަޕޯޓަރުންވަނީ ބައްސާމުގެ އިސްތިއުފާއަށް ގަލޮޅު ދަނޑުގައި ގޮވާލައިފައެވެ.




5 Responses
ތިމެޗުއް ބަޅިވީ ބަސްސާމުތަ ކުޅުނީ ތިއީމަހުޅޫފު ބޭނުންވާ މީހަކައް އެފްއޭމް ނުދެވިގެން ސައްސާގޭމެއް ދެއް ކޮމެވެސް އެމްޑީޕީ މީހަކައް ދޭވެގެއް ކުރާކަމެއް ތީއޭރުއް އެފުއޭއެމް ހިގާނީ ޕާޓީކުދިއް ބުނާގޮތަކައްދޯ
އައްސަރިބަހާއި ސާބަސް
Bassam jehey FAM raees kamun vaki kuran raajjeyge football ah maabodu kurierumeh Bassam ai fahun nuvi
ވަރައްބޮޑަތާއީދުކުރަންތިކަމަ
އާދެ ލައްބަ