ސަސްޕެންޑްކުރި ނަމަވެސް ޗެލްސީއިން ޒިދާން ގެންނަން ހިފާފައި

ޓްރާންސްފާ ސަސްޕެންޝަންއެއް ކުރިމަތިވެފައިވީ ނަމަވެސް މިހާރުގެ ކޯޗު ސަރީގެ ބަދަލުގައި އެޓީމަށް ޒިދާން ގެންނަން ޗެލްސީއިން މަސައްކަތްކުރަމުންދާކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ފީފާއިން ހުކުރު ދުވަހުގެ ހެދުނު ކުރިއަށްއޮތް ދެ ޓްރާންސްފާ ވިންޑޯއަށްވެސް ޗެލްސީ ސަސްޕެންޑްކޮށްފައިވަނީ ޤަވާއިދާ ޚިލާފަށް 29 ޒުވާން ކުޅުންތެރިން ޓީމަށްގެނަ މައްސަލައަކާއި ގުޅިގެންނެވެ.

ފީފާގެ މިނިންމުމަށް އިސްތިނާފު ހުށައެޅުމުގެ ފުރުޞަތު ޗެލްސީއަށް ލިބިފައިވާއިރު އެއްއަހަރުގެ މުއްދަތަކަށް ޗެލްސީއަށް އިތުރު ކުޅުންތެރިއެއްގެ ސޮއި ނުހޯދޭނެއެވެ.

ނަމަވެސް ޗެލްސީގެ އެޕީލާއެކު ޓީމު ވަރުގަދަ ކުރުމުގެ ފުރުޞަތު ހޫނު މޫސުމުގެ ޓްރާންސްފާގައި ޗެލްސީއަށް ލިބޭނެކަމަށް ޤަބޫލުކުރެއެވެ. އަދި މިފުރުޞަތުގައި ޗެލްސީއިން ބޭނުންވަނީ ކޯޗު ސާރީގެ ބަދަލުގައި ރެއަލްގެ ކުރީގެ ކޯޗު ޒިދާން ޓީމަށް ގެންނާށެވެ.

ޗެލްސީއިން ރެއަލްމެޑްރިޑް ދޫކޮށްލިފަހުން އެއްވެސް ކްލްބަކަށް ޙަވާލުނުވެހުރި ޒިދާންއަށް ހޫނު މޫސުމުގެ ޓްރާންސްފާގައި ޓީމު ވަރުގަދަކުރުމަށް 200 މިލިއަން ޕައުންޑްގެ ބަޖެޓެއް ހުށައެޅިފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ.

އަނެއްކޮޅުން ސްޕެއިންގައި އެކުޅުންތެރިއަކާއެކު ޒިދާން އެންމެ ބޮޑު ކާމިޔާބީއެއް ހޯދި ރޮނާލްޑޯއާ އަލުން ގުޅުވަން އިޓަލީގެ ޖުވެންޓަސް އޮތީ ތައްޔާރަށެވެ.

މިފަހަކަށްއައިސް ޗެލްސީގެ ފަރާތުން ފެންނަ ދަށް ކުޅުމުގެ ސަބަބުން ބޮޑު ޕްރެޝަރެއްގައި ޗެލްސީގެ ކޯޗު ސާރީ ހުރިއިރު، ސާރީ ބަދަލުކުރުމަށްއެދި ޗެލްސީގެ ސަޕޯޓަރުންދަނީ ކޮންމެ މެޗެއްގައިހެން އަޑުއުފުލަމުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ