ބައިނަލްއަޤްވާމީ ބެޑްމިންޓަން މުބާރާތް ނައިބު ރައީސް ހުޅުއްވައިދެއްވައިފި

"މޯލްޑިވްސް އިންޓަރނޭޝަނަލް ފިއުޗަރ ސީރީޒް 2019" ބައިނަލްއަޤްވާމީ ބެޑްމިންޓަން މުބާރާތް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ހުޅުއްވައިދެއްވައިފިއެވެ.

މި މުބާރާތް ހުޅުއްވައިދެއްވުމަށް މިއަދު ހަވީރު މާލޭ ކުޅިވަރު އެކުވެނީގައި ބޭއްވެވި ރަސްމިއްޔާތުގައި ބެޑްމިންޓަން އެސޯސިއޭޝަންގެ ފަރާތުން ވަނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބަށް ހަނދާނީ ފިލައެއް އަރުވާފައެވެ.

މޯލްޑިވްސް އިންޓަރނޭޝަނަލް ފިއުޗަރ ސީރީޒް 2019، މުބާރާތް ފެށުމުގެ ގޮތުން ބެޑްމިންޓަން ތިން މެޗެއް ކުޅެފައިވެއެވެ. މި ތިން މެޗުވެސް އެކުއެކީގައި ކުރިޔަށްގެންގޮސްފައިވަނީ މަރާމާތަށްފަހު އަލުން ބޭނުންކުރަންފެށި ކުޅިވަރު އެކުވެނީގެ އިންޑޯ ކޯޓުގައެވެ.

ކުޅިވަރު އެކުވެނީގެ އިންޑޯ ކޯޓު އަލުން ހުޅުވާފައިމިވަނީ އިތުރު ދެ ކޯޓާއެކު ކުރިޔަށްވުރެ ހޫނުމިން ދަށްކުރެވި، ބައިނަލްއަޤްވާމީ ފެންވަރުގައި ފްލޯރިންގ އަދި ލައިޓިންގް ތަރައްޤީ ކުރުމަށްފަހުގައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ