ބުންޑެސްލީގާ – ހާތާ ބަލިކޮށް ބަޔާން ޑޯޓްމުންޑާ އަރާ ހަމަކޮށްފި

ޖަރުމަން ބުންޑެސް ލީގާގައި ރޭ ބަޔާން ކުޅުނު މެޗުން ހާތާ ބާލިން ބަލިކޮށް ތާވަލްގެ އެއްވަނައިގައި އޮތް ޑޯޓްމުންޑާ ޕޮއިންޓްގެ ގޮތުން އަރާ ހަމަކޮށްފިއެވެ.

23 މެޗުން ބަޔާންއަށް 51 ޕޮއިންޓް ލިބިފައިވާއިރު ޑޯޓްމުންޑް 51 ޕޮއިންޓް ހޯދާފައިވަނީ 22 މެޗުންނެވެ. އަދި މިރޭ 10:00ގައި ޑޯޓްމުންޓް އަދި ބަޔާ ލެވަކޫޒަން ބައްދަލުކުރާ މެޗުން މޮޅުވެ 3 ޕޮއިންޓްގެ ފަރަގު އަލުން ހޯދުމުގެ ފުރުޞަތު ޑޯޓްމުންޑަށް އެބައޮތެވެ.

ބަޔާން އަދި ހާތާ ބާލިން ބައްދަލުކުރި މެޗު ނިމުނީ 1-0ގެ ނަތީޖާއަކުންނެވެ. މެޗުގެ ހަމައެކަނި ލަނޑު މެޗުގެ 62 ވަނަ މިނަޓްގައި ކާމިޔާބުކޮށްދިނީ ބަޔާންގެ މާޓިނޭޒްއެވެ. ބަޔާންގެ ރޮބާޓް ލެވެންޑޯސްކީ ގައިގާ ޖެހުމުގެ ސަބަބުން މެޗުގެ 84 ވަނަ މިނަޓްގައި ހާތާގެ ރެކިކަށް ސީދާ ރަތެއް ދައްކާ ދަނޑުން ފޮނުވާލިއެވެ.

އެންމެ ފަހުގެ ހަ ބުންޑެސްލީގާވެސް ބަޔާން ކާމިޔާބުކޮށްފައިވާއިރު ބަޔާން މިމުބާރާތުގައި އެންމެ ފަހުން ކުޅުނު 11 މެޗުގެ ތެރެއިން 10 މެޗުންވަނީ މޮޅުވެފައެވެ. މި 11 މެޗުގެ ކުރިން ބަޔާން އޮތީ ތާވަލްގެ ފަސް ވަނައިގައި ޑޯޓްމުންޑަށްވުރެ ނުވަ ޕޮއިންޓް ފަހަތުގައެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ