ހއ.ތުރާކުނު ފުޓްސަލް ދަނޑު މަރާމާތު މަސައްކަތް ކޮށްދޭނެފަރާތެއް ހޯދުމަށް، ތުރާކުނު ކައުންސިލުން އިޢުލާނުކޮށްފިއެވެ.
މިއަދު އެކައުންސިލުން ކޮށްފައިވާ އިޢުލާނުގައި ބުނެފައިވަނީ މި މަސައްކަތް އަމިއްލަ ތަކެތީގައި ކުރުމުގެ ޝައުޤުވެރިކަން ހުރިފަރާތްތަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާކަމަށެވެ.
މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 29 ސެޕްޓެމްބަރ 2019 ވާ އާދިއްތަ ދުވަހުން ފެށިގެން 07 އޮކްޓޯބަރ 2019 ވާ ހޯމަ ދުވަހުގެ ނިޔަލަށް ބަންދުނޫން ދުވަސްތަކުގެ ހެނދުނު 9:00 އިން 14:00 މިއިދާރާއަށް ދުރުވެ މައުލޫމާތު ސާފުކުރެއްވުމަށްފަހު، 15 އޮކްޓޯބަރ 2019 ވާ އަންގާރަ ދުވަހުގެ ހެނދުނު 11:00 އަށް މިއިދާރާއަށް ޙާޟިރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުމަށް އެކައުންސިލުން ވަނީ އެދިފައެވެ.
އަންދާސީ ހިސާބުތައް ކެނޑުން އޮންނާނީ 15 އޮކްޓޯބަރ 2019 ވާ އަންގާރަ ދުވަހުގެ ހެނދުނު 11:00 ގައި އެ އިދާރާގެ ބިޑް އިވެލުއޭޝަން ކޮމިޓީގެ ބައްދަލުވުމުގައި، އަންދާސީ ހިސާބު ހުށަހެޅުއްވި ފަރާތްތަކުގެ ޙާޟިރުގައި ކަމުގައި އެކައުންސިލުން ބުނެފައިވެއެވެ.



