ޕައުލޯ ޑިބާލާ - ފޮޓޯ: ސްޕޯރޓްސް ނެޓް

ސީރީއާ – ޑިބާލާ ބަދަލުކުޅުންތެރިއެއްގެ ގޮތުގައި އަރައި ޖުވެންޓަސް މޮޅުކޮށްދީފި

އިޓާލިއަން ސީރީއާގައި މިރޭ ބޮލޮގްނާ އަދި ޖުވެންޓަސް ބައްދަލުކުރު މެޗުގައި ޑިބާލާ ބަދަލުކުޅުންތެރިއެއްގެ ގޮތުގައި އަރައި ޖުވެންޓަސް މޮޅުކޮށްދީފިއެވެ.

0-1ގެ ނަތީޖާއިން ޖުވެންޓަސް މޮޅުވި މެމެޗުގެ ހަމައެކަނި ލަނޑު މެޗުގެ 67 މިނަޓްގައި ޕެނަލްޓީ އޭރިއާތެރެއިން ޑީބަލާ ޖަހައިދިނީ މަޓައުޑީގެ އުރަހެއް ބޮލޮގްނާއަށް ރަނގަޅަށް ސާފުކޮށްނުލެވުނު ވަގުތުއެވެ.

އެންމެ ފަހުގެ 7 ސީރީއާ ވެސް ކާމިޔާބުކޮށްފައިވާ ޖުވެންޓަސް މިމޮޅާއެކު ދެވަނަގައި އޮތް ނަޕޯލީއަށްވުރެ 15 ޕޮއިންޓް މައްޗަށް ޖެހިލާނެއެވެ. 69 ޕޮއިންޓާއެކު ތާވަލްގެ އެއްވަނައިގައި ޖުވެންޓަސް އޮތްއިރު ދެވަނައިގައި ނަޕޯލީ އޮތީ 54 ޕޮއިންޓާއެކުގައެވެ.

ބޮލޮގްނާގެ ފަރާތުން ވަރުގަދަ އެޓޭކިން ގޭމެއް ފެނުނު މިމެޗުގައި ޖުވެންޓަސްގެ ގޯލަށް 18 ހަމަލާ ފޮނުވާލާފައިވެއެވެ. އިތުރު ވަގުތުގައި ބޮލޮގްނާގެ ނިކޯލާ 20 ޔާޑު ދުރުން ފޮނުވާލި ހޫނު ހަމަލާ ޖުވެންޓަސްގެ ކީޕަރު މަޓިއާ ސޭވްކުރިއިރު، މިބޯޅަ ޖެހުނީ ގޯލް ދަނޑީގައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ