ބަށި ބޯޅަ ކުޅުމުގެ ތެރެއިން - ފޮޓޯ: ކުޅުދުއްފުށީ ލައިވް

ހިތްނުތަނަވަސްކަން ފިލަންދެން ބަށިބޯޅަ ފައިނަލް މެޗް މަޑުޖައްސާލަން ކޯޓުން އަމުރުކޮށްފި

ގއ. ދާންދޫ ކައުންސިލްއާއި އެރަށު އަންހެނުންގެ ކޮމެޓީއިން ބަށިބޯޅަ ފައުންޑޭޝަން އޮފް މޯލްޑިވްސް އާއި ގުޅީގެން ބާއްވާ ގއ. އަތޮޅު ލީގު - "ޒަމާނީ ބަށިބޯޅަ މުބާރަތް 2019" ގައި ދިމާވެގެން އުޅޭ ހިތް ނުތަނަވަސްކަން ފިލަންދެން މިއަދު ކުޅުމަށް ހަމަޖެހިފައިވާ ފައިނަލް މެޗް ކުރިޔަށް ނުގެން ދިއުމަށް ކޯޓުން މިއަދު އަމުރުކޮށްފިއެވެ.

މި މުބާރާތުގެ ފައިނަލްއާއި ހަމައަށް ދިޔައިރު މުބާރާތުގައި ކުޅުނު ޓީމްއަކާއި މުބާރާތް އިންތިޒާމްކުރާ ފަރާތާއި ދެމެދު ހިތް ނުތަނަވަސްވުމެއް އޮތުމުން އެ މައްސަލަ ހައްލު ކުރެވެންދެން މިއަދު 15:00 ގައި ކުޅުމަށް ހަމަޖެހިފައިވާ ފައިނަލް މެޗް ކުރިޔަށް ނުގެންދިއުމަށް އަމުރު ކޮށްފައިވަނީ ނިލަންދޫ މެޖިސްޓްރޭޓް ކޯޓުންނެވެ.

ގއ. ދާންދޫ ކައުންސިލްއާއި އެރަށު އަންހެނުންގެ ކޮމިޓީ އަދި ބަށިބޯޅަ ފައުންޑޭޝަން އޮފް މޯލްޑިވްސްއަށް އަމުރުކޮށް މިއަމުރު ތަންފީޒު ކުރުމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އަށް ވަނީ އަންގާފައެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސް އިން ވިދާޅުވީ މި ކޯޓު އަމުރު ލިބުމާއި ގުޅިގެން މޯލްޑިވްސް ޕޮލިސް ސަރވިސްއިން، ދާންދޫ ސައުންސިލްއާއި މަޝްވަރާ ކުރުމުން އެ ކައުންސިލުން މި ކޯޓު އަމުރަށް އިޙްތިރާމް ކުރާނެ ކަމުގެ ޔަގީންކަން މޯލްޑިވްސް ޕޮލިސް ސަރވިސް އަށް ދީފައިވާކަމަށެވެ. އަދި މި މައްސަލަ ސުލްހަވެރިކަމާއެކު ހައްލު ކުރުމަށް އެންމެން ގުޅިގެން މަސައްކަތް ކުރަމުން ދާކަން މޯލްޑިވްސް ޕޮލިސް ސަރވިސް އިން ވަނީ ފާހަގަ ކޮށްފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ