މަސްވެރިއެއްގެ ހާލުދެރަވެގެން އަވަސް ފަރުވާއަށް ހުޅުމާލެ ހޮސްޕިޓަލަށް

މަސްވެރިކަމަށް ނިކުމެ އުޅެނު ދޯންޏެއްގައި ހުރި ދިވެހި ފަޅުވެރިއެއްގެ ހާލު ދެރަވެގެން އެމަޖެންސީގައި ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްދީފިއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ، ކ.ބޮޑުކަޅީގެ އިރުން 8 ނޯޓީކަލް މޭލު ބޭރުން މަސްވެރިކަން ކުރަން އުޅުނު "ވިލާ ވާލި-13" ނަމަކަށް ކިޔާ ދޯނީގައި ހުރި 54 އަހަރުގެ ދިވެހި ފަޅުވެރިއަކު ހާލު ދެރަވެގެން، އެމްއެންޑީއެފްގެ އެހީތެރިކަމަށް އެދުނީ މިއަދު ހެނދުނު 08:09 ހާއިރު ކަމަށެވެ.

"އަވަސް ފަރުވާއަށް އެދުމާއި ގުޅިގެން އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަން އިން އެހީތެރިކަން ފޯރުކޮށްދީ، މިއަދު ހެނދުނު 09:10 ހާއިރު އެމީހާ ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްދީފައިވާނެ." އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

މަސްވެރިކަމަށް ނިކުމެ އުޅޭ އުޅަނދުފަހަރުގައި ތިބޭ މީހުންނަށް ކުއްލިއަކަށް ދިމާވާ މިފަދަ ހާދިސާތަކުގައި އަވަސް ފަރުވާދީ، ޞިއްޙީ ފަރުވާދޭ މަރުކަޒުތަކަށް ގެންގޮސްދިނުމުގައި ސަލާމަތީ ބާރުތަކުން ދަނީ ނަމޫނާ ދައްކަމުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ