ފްރީޑައިވް ރެކޯޑް ޤާއިމް ކުރުމުގެ ތެރެރއިން - ފޮޓޯ: އުރީދޫ

ފީނުމުގެ ދުނިޔޭގެ ރެކޯޑް ރާއްޖެއިން ޤާއިމްކޮށްފި

ދުނިޔޭގެ ޓޫރިޒަމް ދުވަސް ފާހަގަ ކުރުމުގެ ގޮތުން ޓޫރިޒަމް މިނިސްޓްރީން އިންތިޒާމް ކޮށްގެން ކުރިޔަށް ގެންދިޔަ ދުނިޔޭގެ ފީނުމުގެ ރެކޯޑް ރާއްޖެއިން ޤާއިމްކޮށްފިއެވެ.

މި ރެކޯޑަކީ، އެއް ވަގުތެއްގައި އެންމެ ގިނަ މީހުން ފީނައިގެން ރާއްޖެއިން ޤާއިމް ކުރި ރެކޯޑެކެވެ. މި ރެކޯޑް ކުރިން ޤާއިމް ކޮށްފައިވަނީ 280 މީހުންނާއެކު ފްރީޑައިވް ކޮށްގެން 2009 ވަނަ އަހަރު އިޓަލީން ނެވެ.

މި ރެކޯޑް ޤާއިމް ކުރުމުގެ ހަރަކާތް ކުރިޔަށް ގެންގޮސްފައިވަނީ ބަރޮސް ފަޅުތެރޭގައެވެ. ނޭވާ ފްރީޑައިވް ވޯލްޑް ރެކޯޑް ގައި ދިވެހިރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙްވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ. އަދި މީގެ އިތުރުން ފްރީޑައިވް ވޯލްޑް ޗެމްޕިއަން، ވިލިއަން ޓްރޫ ބްރިޖް އާއި ދުނިޔޭގައި މި ދާއިރާއިން ފާހަގަ ކޮށްލެވޭ ބައެއް ފަރާތްތައްވެސް ވަނީ ބައިވެރިވެފައެވެ.

ރާއްޖެއިން މި ރެކޯޑް ޤާއިމް ކުރުމަށް ކުރިޔަށ ްގެންދެވުނު ހަރަކާތުގައި 600 އަށް ވުރެ ގިނަ ފްރީ ޑައިވަރ އިން ވަނީ ބައިވެރިވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ