"ވުމަން ބައި ޓޯކް އެމް" އިފްޠިތާޙްކުރުމުގެ ހަފްލާގައި މެޑަމް ފަޒްނާ ބައިވެރިވެވަޑައިގެންފި

"ވުމަން ބައި ޓޯކް އެމް” މަޖައްލާ އިފްޠިތާޙްކުރުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު މިއަދު ބައިވެރިވެ ވަޑައިގެންފިއެވެ.

މި ރަސްމިއްޔާތު ބާއްވާފައި ވަނީ ރަސްފަންނުގައި ހުންނަ ޕެވިލިއަންގައެވެ. ވުމަން ބައި ޓޯކްއެމް މަޖައްލާއަކީ ކޮންމެ ތިންމަހަކުން އެއްފަހަރު ނެރުމަށް ހަމަޖެހިފައިވާ މަޖައްލާއެކެވެ. މި މަޖައްލާއަކީ ކަނބަލުންނާ ގުޅުންހުރި އެކިއެކި ދާއިރާތަކުން ދިރާސާކޮށްގެން މަޢުލޫމާތު ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ މަޖައްލާއެކެވެ.

މިއަދު ހަވީރު ބޭއްވި މި ރަސްމިއްޔާތުގައި 'ވުމަން ބައި ޓޯކްއެމް' މަޖައްލާގެ ކޮޕީއެއް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނަށް ވަނީ އަރުވާފައެވެ.

އަންހެން ކަނބަލުންނާ ގުޅުންހުރި މިފަދަ ތަފާތު ހަރަކާތްތަކުގައި މެޑަމް ފަޒްނާ ދަނީ ބައިވެރިވެވަޑައިގަންނަވަމުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ