މަހާތުމާ ގާންދީގެ "އަސްތިޔާ" ވަގަށް ނަގައިފި

އިންޑިއާ އަށް މިނިވަންކަން ހޯއްދަވައިދެއްވި، އެ ގައުމުގެ 'ބައްޕަ' ގެ ގޮތުގައި ގިނަ ބަޔަކު ދެކޭ، މަހާތުމާ ގާންދީގެ އަސްތިޔާ ވަގަށް ނަގައިފިއެވެ.

އަސްތިޔާ ނުވަތަ މަރުވުމުން މީހާ އަންދާލައިފައި ބާކީ ހުންނަ އަޅިކޮޅު ތަކަކީ ހިންދީދީނުގައި މީހުން ރައްކާކޮށް އަދި އަނެއްބަޔަކު ކޯރުތަކަށް އަޅާލާ ހާއްސަ ގަދަރެއްދޭ އެއްޗެކެވެ.

މަހާތުމާ ގާންދީގެ އަޅިކޮޅު ވަގަށް ނަގައިފައި މިވަނީ ގާންދީގެ 150 ވަނަ އުފަންދުވަހާއި ގުޅިގެން މިއަޅިކޮޅު ރައްކާކޮށްފައިވާ މެމޯރިއަލް ހުޅުވައިފައި ހުއްޓައެވެ. ވަގަށްނެގި މީހުން އެމެމޯރިއަލްގައި ހަރުކޮށްފައިވާ ގާންދީގެ ފޮޓޯފުޅަކަށްވެސް ގެއްލުންދީފައި ވެއެވެ.

އިންޑިއާ ފުލުހުން މިހާރުއަންނަނީ މިއަމަލު ހިނގި ފަރާތްތައް ހޯދުމަށް ތަހުގީގު ކުރަމުންނެވެ.

މުސްލިމުން ނާއި ހިންދޫން އެއްބައި ކުރުމަށް ގާންދީ ކުރެއްވި މަސައްކަތްޕުޅު ތަކާއި އަދި މުސްލިމުންނަށް ހާއްސަ ގޮތްތަކެއް ގާންދީ ގެންގުޅުއްވި ކަމަށްބުނެ ހިންދޫ ދީނުގެ ހައްދުފަހަނަ އަޅައިފައިވާ ފަރާތްތައް ގާންދީ ސިފަކުރަނީ "ގައްދާރެއް"ގެ ގޮތުގައެވެ.

1948 ވަނަ އަހަރުގެ ޖެނުއަރީމަހު ގާންދީ އަވަހާރަކޮށްލައިފައި ވަނީވެސް ހިންދޫ ދީނުގެ ހައްދުފަހަނަ އަޅައިފައިވާ މީހެކެވެ.

މަހާތުމާ ގާންދީ މަޝްހޫރުވެފައި ވަނީ އެއްވެސް ހަތިޔާރެއް ބޭނުންކުރަން ހިތްވަރު ދިނުމަކާ ނުލާ، ދުލުގެ ބާރުން ބޮޑު އިސްތިޢުމާރުވެރިކަމެއް ނިމުމަކަށް ގެނެސްދެއްވި ނަމޫނާ ލީޑަރެއްގެ ގޮތުގައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ