ޖޯ ބައިޑަން އަދި ދަރިފުޅު ހަންޓާ ބައިޑަން

ޗައިނާއިން ބައިޑަންސް އާއި ގުޅޭ މައްސަލަތައް ތަހުގީގު ކުރުމަށް ޓްރަމްޕް ގޮވާލައްވައިފި

ޗައިނާއިން އެމެރިކާގެ ކުރީގެ ނައިބު ރައީސް ޖޯ ބައިޑަންސް އާއި ގުޅޭ މައްސަލަތައް ތަހުގީގު ކުރުމަށް އެމެރިކާގެ މިހާރުގެ ރައީސް ޑޮނަލްޑް ޓުރަމްޕް ގޮވާލައްވައިފިއެވެ.

ވައިޓްހައުސްގައި ނޫސްވެރިންނާއި ބައްދަލުކުރައްވައި ޓްރަމްޕް ވިދާޅުވީ އެމެރިކާއާއި ޗައިނާއާއި ދެމެދުގެ ގުޅުންތައް ގޯސްވެފައިވަނީ ބައިޑަންސްގެ ސަބަބުންނެވެ. މިގޮތުން ޓްރަމްޕް ތުހުމަތުކުރާ ގޮތުގައި ބައިޑަންސް އާއި ބައިޑަންސްގެ ދަރިފުޅު ހަންޓާ ޗައިނާގައި ކުރި ވިޔަފާރީގެ މުއާމަލާތްތަކެއްގައި ކޮރަޕްޝަން ހިމެނެއެވެ.

ނަމަވެސް ޓްރަމްޕް މި ތުހުމަތުތަކާއި ގުޅޭ އިތުރު މައުލޫމާތެއް ދީފައެއް ނުވެއެވެ.

މިވާހަކަތަކާއި ގުޅިގެން ޑިމަކްރެޓިކް ޕާޓީގެ ފަރާތުން ކުރިއަށް އޮތް އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާން ކުރައްވައިފައިވާ ބައިޑަންސް ވިދާޅުވެފައިވަނީ، އެކި މީހުންގެ ނަޒާހަތްތެރި ކަމަށް ޓްރަމްޕް ދެއްވާ ހަމަލާ އަކީ ޖޯކެއް ކަމަށެވެ.

ޓްރަމްޕް މިފަދަ ވާހަކަތަކެއް ދައްކައިފައި މިވަނީ، ޔޫކްރެއިންގެ ރައީސަށް ޓްރަމްޕް ފޯނު ކުރައްވާ ބައިޑަންސްގެ މައްސަލަތަކެއް ބެލުމަށް އެންގި މައްސަލައިގައި ޓުރަމްޕް އެމެރިކާގެ ރައީސްކަމުން ދުރުކުރުމަށް އެމެރިކާގެ ކޮންގްރެސްގެ ކޮމިޓީތަކުން ފަށައިފައި ވަނިކޮށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ