އިންޑިއާއިން ފިޔާ އެކްސްޕޯޓް ކުރުން މަނާކޮށްފި

މޫސުމީ ވިއްސާރައާއި ފެންބޮޑުވުމުގެ ހާދިސާތަކުގެ ސަބަބުން ދަނޑުވެރިކަން ހީނަރުވެފައިވާ އިންޑިއާއިން އެގައުމުގައި އުފައްދާ ފިޔާ ބޭރު އެހެން ގައުމުތަކަށް ބޭރުކުރުން މަނާކޮށްފިއެވެ.

އިންޑިއާއިން ފިޔާ ބޭރުކުރުން މިދިޔަ އާދިއްތަ ދުވަހުން ފެށިގެން މަނާކޮށްފައި މިވަނީ އެގައުމުގައި ފިޔާގެ އަގުތައް އިންތިހާއަށް އުފުލެމުންދާ ދަނޑިވަޅެއްގައެވެ.

އިންޑިއާގެ ޚަބަރުފަތުރާ ވަސީލަތްތަކުން މައުލޫމާތު ދޭގޮތުގައި ސަރުކާރުން ވަކިގޮތެއް އަންގަންދެން އިންޑިއާއިން ފިޔާ އެކްސްޕޯޓްކުރުން މިހާރުވަނީ މަނާކޮށްފައެވެ.

އިންޑިއާއަކީ މުޅި ދުނިޔޭގައިވެސް އެންމެ ގިނަ އަދަދަކަށް ފިޔާ އެކްސްޕޯޓްކުރާ އެއްގައުމެވެ. މިގޮތުން 2018 ވަނަ އަހަރު އެކަނިވެސް އިންޑިއާއިން 2.2 ބިލިއަން ކިލޯގްރާމްގެ ފިޔާ އެގައުމުން ބޭރުކޮށްފައި ވެއެވެ.

މިއަހަރުގެ ޖުލައިމަހުން ފެށިގެން އިންޑިއާގައި އަންނަނީ ފިޔާގެ އަގު އުފުލެމުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ