އަށްމީހުންނާއެކު ދަތުރު ކުރަމުންދިޔަ ޔޫކްރެއިންގެ ކުޑަ މަތިންދާ ބޯޓެއް ތެޔޮ ހުސްވެ ވެއްޓިއްޖެއެވެ.
މިބޯޓް ތެޔޮ ހުސްވެގެން ވެއްޓިފައިވަނީ ޔޫކްރެއިންގެ ލުވިއު އެއަރޕޯޓަށް ޖައްސަން އުޅުމުގެ ތެރޭގައެވެ. މައުލޫމާތު ލިބޭގޮތުގައި މިބޯޓް ދަތުރު ކުރަމުން ގޮސްފައިވަނީ ސުޕެއިންގެ ވީގޯ ސިޓީއިން ތުރުކީގެ އިސްތަންބޫލަށެވެ.
މިހާދިސާގައި ބޯޓުން ދަތުރުކުރި އަށްމީހުންގެ ތެރެއިން ފަސްމީހުންވަނީ މަރުވެފައެވެ.

ޔޫކްރެއިންގެ ޔޫނިއަން ނިއުސް އެޖެންސީއިން ރިޕޯޓްކުރާ ގޮތުގައި މިބޯޓަކީ ޔޫކްރެއިންގެ އަސްކަރީ ކާގޯ މަތިންދާ ބޯޓެކެވެ. އަދި ބޯޓު ވެއްޓިފައިވަނީ ތެޔޮ އެޅުމަށްޓަކައި ލުވިއު އެއަރޕޯޓަށް ޖައްސަން އުޅުމުގެ ތެރޭގައެވެ.
އެމަޖެންސީ މިނިސްޓަރ ވިދާޅުވެފައިވަނީ މިބޯޓުގައި ހަތް ކުރޫއިންނާއި އަދި ހާއްސަ ކާގޯއަކާއެކު ދަތުރުކުރި އެކަކު ހުރި ކަމަށެވެ. ނަމަވެސް މިކާގޯގެ މައުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ.



