އާސަހަރާގައި ކަފުންކޮށް ވަޅުލާފައި އޮތް ސިހުރެއްގެ މައްސަލަ ފުލުހުން ބަލަމުންދާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
ފުލުހުން ވިދާޅުވީ، މިފަދަ މައްސަލައެއް ފުލުހުންނަށް މިއަދު ހުށައެޅިފައިވާ ކަމަށާއި، ފުލުހުން މިހާރު އެމައްސަލަ އިތުރަށްދަނީ ތަހުގީގު ކުރަމުން ކަމަށެވެ.
މިއަދު މެންދުރުފަހުގެ ވަގުތެއްގައި މަހާނައެއްގެ މަތިން މި ސިހުރު ވަޅުލާފައިވަނިކޮށް ފެނުނީ، އާއިލާގެ މީހަކު މަހާނަ އަށް ޒިޔާރަތްކުރި އިރު، ފަސްގަނޑު ހާވާފައި ހުރުމުން އިތުރަށް ބެލި ބެލުމުން ކަމަށް "ވަގުތު" ނުޙޫގައި ބުނެފައިވެއެވެ.
މީސްމީޑިއާގައި ދައުރުވަމުންދާ ފޮޓޯތަކުން ފެންނަ ގޮތުގައި އެ ސިހުރު އޮތީ ސަންދޯކަކަށްލައި ކަފައަޅައި ބަނދެފައި ކަން ފާހަގަކުރަމެވެ.



