ގިނަ ދުވަހު ދައުލަތަށް ޚިދުމަތް ކުރެއްވި އަބްދުއްރައްޒާޤް ވަޒީފާއިން މުސްކުޅި ކުރައްވައިފި

ދިވެހި ސިވިލްސަރވިސް އަށް 37 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކުރެއްވި ހަނިމާދޫ ކައުންސިލްގެ ޒިންމާދާރުވެރިޔާ އަލްފާޟިލް އަބްދުއްރައްޒާޤް ވަޒީފާއިން މުސްކުޅިކުރެވުނުކަމުގެ ލިއުން މިއަދު އޭނާ އާ ސިވިލް ސަރވިސް ކޮމިޝަންގެ ރައީސް ޑރ. އަލީ ޝަމީމް ހަވާލުކޮށްދެއްވައިފިއެވެ.

‎ހަނިމާދޫ ކައުންސިލްގެ ޒިންމާދާރުވެރިޔާގެ މަޤާމުގައި ހުންނެވި ހދ. ހަނިމާދޫ އާޝާމު އަލްފާޟިލް އަބްދުއްރައްޒާޤް އުމުރުން 65 އަހަރުފުރުމާ ގުޅިގެން ވަޒީފާއިން މުސްކުޅިކުރެވުނުކަމުގެ ލިއުން ހަވާލުކޮށްފައިވަނީ މިއަދު ސިވިލް ސަރވިސް ކޮމިޝަނުގައި އަބްދުއްރައްޒާޤް ކޮމިޝަނުގެ ރައީސްގެ އަރިހަށް ކުރެއްވި އިޚްތިރާމްގެ ޒިޔާރަތެއްގައެވެ.

އަބްދުއްރައްޒާޤު ވަނީ ދިވެހި ސިވިލް ސަރވިސްގައި އެކިއެކި މަޤާމުތަކުގައި މެދުނުކެނޑި 37 އަހަރާއި 18 ދުވަހު ޚިދްމަތްކުރައްވާފައެވެ. އޭނާ ވަޒީފާއިން މުސްކުޅިކުރެވިފައިވަނީ 1 ޖަނަވަރީ 2019 ގައެވެ.

ކޮމިޝަނުގެ ރައީސް އާއެކު މިއަދު ބޭއްވުނު ބައްދަލުވުމުގައި ދިގުމުއްދަތެއްގައި އިޚްލާސްތެރިކަމާއެކު ދިވެހި ސިވިލް ސަރވިސް އަށް އަބްދުއްރައްޒާޤް 37 އަހަރަށްވުރެ ގިނަދުވަހަށް ޚިދްމަތް ކުރައްވަވާފައިވާތީ ނުހަނު ތަޢުރީފާއެކު އޭނާއަށް ވަނީ ޝުކުރު ދަންނަވާފައެވެ. އަދި އަބްދުއްރައްޒާޤުގެ ޙަޔާތުގައު ކުރިއަށް އޮތްދުވަސްތަކުގައި ގައުމަށާއި ޖަމާއަތަށް އިތުރަށް ޚިދްމަތްކުރެއްވުމުގައާއި ލިބިވަޑައިގެންފައިވާ ތަޖްރިބާއާއި ހިލްމު އެހެންފަރާތްތަކަށް ހިއްސާ ކުރެއްވުމުގައި ދެމިހުންނެވުމަށް އެދިވަޑައިގެން ހެޔޮނަސީބާއި ބާއްޖަވެރިކަމަށް ޝަމީމް ވަނީ އެދިވަޑައިގެންފައެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް