ރެޖިސްޓަރީވާން ބިދޭސީން ގަލޮޅު ދަނޑުގައި / ފޮޓޯ: މިހާރު

މިފަހަރު ގަލޮޅު ދަނޑު ފުރާލީ ރަޖިސްޓަރ ވާން ދިޔަ ބިދޭސީން

ޤަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީން ޤަވާއިދުގެ ތެރެއަށް ފެއްތުމަށް ކުރިއަށްގެންދާ ރަޖިސްޓްރީކުރުމުގެ ޕްރޮގްރާމް ގަލޮޅު ދަނޑަށް ބަދަލުކުރުމާއިއެކު ބިދޭސީންވަދެ ދަނޑު ފުރާލައިފިއެވެ.

މިއަދު ހެނދުނު 7:30 ގައި ގަލޮޅު ދަނޑުގެ ދެ ނަމްބަރު ގޭޓް ހުޅުވުމާއެކު އެންމެން ވަދެ ސިޑިބަރިތައް ފުރާލި އެވެ. ބާރު ބޮޑު ވެގެން، މީހުން ހަމަޔަކަށް އަޅުވަން އެންމެން ފަހުން އައީ އެސްއޯ ފުލުހުންނެވެ.

ޤަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީން އަލުން ރަޖިސްޓްރީކުރުމަށް ހުޅުވާލުމުން ގިނަ އަދަދެއްގެ ބިދޭސީން ދަނީ ރަޖިސްޓްރީވުމަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން އެ ފުރުޞަތު ހުޅުވާލުމާއެކު މަޖީދީމަގުގައި ކުރިން ޕީޖީ އޮފީސް ހިންގި ޢިމާރާތުގެ ބައެއްގައި ހަދާފައިވާ އިކޮނޮމިކް މިނިސްޓްރީގެ ރެގިއުލަރައިޒޭޝަން ޔުނިޓް ދޮށަށް، ގިނަ ޢަދަދެއްގެ ބިދޭސީން ކޮންމެ ދުވަހަކުވެސް ޖަމާވެ ދިގު ކިއުއެއް ދިޔައީ ހަދަމުންނެވެ. މާލޭގެ އެންމެ ބާރުބޮޑު މަގުގައި މިގޮތަށް ކިއުޖެހި ތޮއްޖެހުމުމުގެ ސަބަބުން ހިނގާބިގާވެ އުޅޭމީހުންނަށާއި، ދުއްވާއެއްޗިއްސައް އުދަގޫވަމުންދާތީ މިކަން ހައްލުކުރުމަށް މިއަދުން ފެށިގެން ބިދޭސީ ރެގިއުލަރައިޒޭޝަން ޕްރޮގްރާމް ކުރިއަށް ގެންދަން ނިންމާފައިވަނީ ގަލޮޅު ދަނޑުގައެވެ.

މަޖީދީމަގު ސިޑިބަރީގައި ބެއިތިއްބުމަށް ފަހު ވަކި ސަފެއް ހަދައި އެ ބިދޭސީން މިނިސްޓްރީގެ މުވައްޒަފުންގެ ކައިރިއަށް ގެންދެ އެވެ. ސަފުތައް ބަލަހައްޓައި އަތުރަމުން އަންނަނީ ފުލުހުންނެވެ. ބިދޭސީން ރަޖިސްޓްރީ ކުރުމަށް ގިނަ އަދަދެއްގެ މުވައްޒަފުން ތިބިއިރު އެ މީހުން އަންނަނީ ބިދޭސީންގެ ފޮޓޯ ފޯނުން ނަގަމުންނެވެ. އެއަށްފަހު އެމީހުންނާ ބެހޭ މައުލޫމާތު އެއްކުރެ އެވެ. އަދި އެ ބިދޭސީންގެ އިނގިލީގައި މާކަރަކުން ފާހަގަ ޖަހަ އެވެ. އެއީ ރަޖިސްޓްރީވުމަށް އައިސްފައިވާ ބިދޭސީއެއްކަން ދެނެގަތުމަށެވެ.

ޤަވާޢިދާ ޚިލާފަށް އުޅޭ ބިދޭސީން އަލުން ރަޖިސްޓްރީ ވާން ސަރުކާރުން ދީފައިވަނީ ހަމަސް ދުވަހުގެ މުއްދަތެކެވެ. ޤާވައިދާ ހިލާފަށް އުޅޭ ބިދޭސީން ގެންގުޅޭ ކުންފުންޏެއް ނަމަ، އަލުން ރަޖިސްޓްރީކުރަން އެ ކުންފުނި ނުވަތަ ބިދޭސީ މީހާ ރާއްޖެ އެތެރެކުރި ފަރާތް މެދުވެރިކޮށް އޮންލައިންކޮށްވެސް ހުށައެޅޭނެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް

ހިޔާލު

  1. ތާފުކިރެ

    ސާބަސް! ކީކޭދެން ބުނާނީ! އެޖެންސީތަކުން ހެޔޮނުވާނެއެއް ނުން ލާރިހޯދާށޭ ކިޔާފަ މިޤައުމަށް މިހެން ހަދަން..!

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ