ރާއްޖޭގެ ޤައުމީ ކުރިކެޓް ޓީމުގެ ކޯޗް އާސިފް ހާން ހައްޔަރުކޮއްފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އާސިފް ހައްޔަރު ކޮއްފައިވަނީ ޖިންސީ ގޯނާގެ މައްސަލައެއްގައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އާސިފް އަކީ ޕާކިސްތާން އަދި ސައުތު އެފްރިކާއަށް ނިސްބަތްވާ މީހެކެވެ.
ފުލުހުން ވިދާޅުވީ، މިއަދު ހެނދުނު 08:20 ހާއިރު 46 އަހަރުގެ ސައުތު އެފްރިކާގެ ފިރިހެނެއް ހައްޔަރު ކޮއްފައިވާ ކަމަށާއި، މީނާ ހައްޔަރި ކޮއްފައިވަނީ ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓަށް ފުރަންގޮސްހުއްޓައި ކަމަށެވެ.
ފުލުހުން އިތުރަށް ވިދާޅުވީ، އޭނާ ހިފަހައްޓާފައިވަނީ 18 އަހަރުން ދަށުގެ ކުދިންނާއި، އަދި 18 އަހަރުން މަތީގެ ބަޔަކާއި ޖިންސީ ފުރައްސާރަ ކުރިކަމުގެ ތުހުމަތުގައި ކަމަށްވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ.
މި މައްސަލަ ފުލުހުންދަނީ އިތުރަށް ތަހުޤީޤު ކުރަމުން ކަމަށް ފުލުހުން ވިދާޅުވިއެވެ.




