ރާއްޖޭ ސަރަހައްދުގައި އޮތް އާގު ބޯޓެއްގެ ތެރޭގައި ހިނގި މާރާމާރީއެއްގައި، ދެމީހަކު ކަނޑަށް އެއްލާލައިފިއެވެ.
އެމްއެންޑީއެފް އިން ވިދާޅުވީ، ބޭރު ކަނޑުން ދަތުރުކުރަމުންދާ ރާއްޖޭން ބޭރު މަސް ބޯޓެއްގައި ހިނގި މާރާމާރީއެއްގައި އަނިޔާ ލިބިގެން 2 މީހަކު އައްޑޫ ސިޓީ ހިތަދޫ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ.
އެ ދެމީހުން ހިތަދޫ ހޮސްޕިޓަލަށް މިރޭ 19:35 ހާއިރު ގެންގޮސްފައިވަނީ އެމްއެންޑީއެފް ސަދަން އޭރިއާގެ ސިފައިންނެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ، ޒަހަމްކޮށްލާފައިވަނީ އިންޑަނޭޝިއާގެ ދެ މީހުން ކަމަށާއި، މި ހާދިސާ ހިނގިއިރު މަސް ބޯޓް އޮތީ ރާއްޖެއާ 760 މޭލު ބޭރުގައި ކަމަށެވެ.
"އެމަޖެންސީ ފަރުވާއަށް ކަމާބެހޭ ގުޅުންހުރި އިދާރާތަކުގެ ހުއްދައާއެކު، ރާއްޖެ ސަރަހައްދަށް ކައިރިކޮށް، އެމްއެންޑީއެފް ކޯސްޓްގާޑް ލޯންޗް ބޯޓް އޮތް ސަރަހައްދަށް ގޮސް ދެ މީހުން އައްޑޫ ސިޓީއަށް ގެނެސްދިނީ." އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިޝަރ ކެޕްޓަން އިބްރާހީމް އާޒިމް ވިދާޅުވިއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ، މި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑު، މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ލިބިފައިވަނީ، ޖޭއާރުސީސީ އޮސްޓްރޭލިއާ އިން މިމަހުގެ 20 ވަނަ ދުވަހުގެރޭ 01:34 ހާއިރު ކަމަށާއި، މި މަޢުލޫމާތު ތައިޕޭ އެމްއާރުސީސީން ވެސް އެރޭ ފަތިހު އެމްއެންޑީއެފް ކޯސްޓްގާޑު، މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އާ ޙިއްސާކޮށްފައިވާ ކަމަށެވެ.
"މި މަޢުލޫމާތު އެމްއާރުސީސީއަށް ލިބުމާއެކު، ޖޭއާރުސީސީ އޮސްޓްރޭލިއާ އާއި ތައިޕޭ އެމްއާރުސީސީއާ ގުޅިގެން އެ ދެމީހުންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑް އެމްއާރުސީސީން ވަނީ ފަށާފައި." އެމްއެންޑީއެފް އިން ވިދާޅުވިއެވެ.
އެމްއެންޑީއެފް އިން ވިދާޅުވީ، އެ ދެ މީހުން އަރުވައިގެން ދަތުރުކުރި "ޝެން ފެންގް 3" ނަމަކަށް ކިޔާ ބޯޓު މިއަދު މެންދުރު 14:30 ހާއިރު އައްޑޫސިޓީއާ 50 މޭލަށް ކައިރިވުމުން ޑޮކްޓަރުންގެ ޓީމަކާއި، ފުލުހުންނާއި އެކު އެސަރަހައްދަށް ގޮސް އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑު ސްކޮޑްރަންގެ އެފްއައިސީ "ހަކުރާ" ލޯންޗަށް އެމީހުން ނެގީ ކަމަށެވެ.
ހިޔާލު
Mas boateh baa. Noonee aagu boateh ba
ކޮމެންޓް ކުރުން ބަންދު