ވޯޓާފޯލް އަކަށް ވެއްޓުނު ކުޑަ އެތެއް ސަލާމަތްކުރަން އުޅުނު ފަސްއެތް މަރުވެއްޖެ

ތައިލެންޑްގެ ވޯޓާފޯލް އަކަށް ވެއްޓުނު ކުޑަ އެތެއް ސަލާމަތްކުރަން އުޅުނު ފަސްއެތް އެވޯޓާފޯލް އަށް ވެއްޓި މަރުވެއްޖެއެވެ.

މިހާދިސާ ހިނގައިފައިވަނީ ތައިލެންޑުގެ ޚައޯ ޔައި ނެޝަނަލް ޕާކުގައެވެ. މިޕާކުގައި ހުންނަ ވޯޓާ ފޯލްގައި މީގެ ކުރިންވެސް މިފަދަ ހާދިސާތައް ހިނގައިފައި ވެއެވެ.

މިގޮތުން 1992 ވަނަ އަހަރު ހިނގި މިފަދަ ހާދިސާއެއްގައި އަށް އެތް މަރުވެފައި ވެއެވެ.

ކުޑަ އެތާ އެކު މަރުވި އެތުގެ އަދަދުވަނީ ހަޔަކަށް އަރައިފައެވެ. މިހާދިސާ ހިނގައިފައިވަނީ ހޮނިހިރު ދުވަހު ތައިލެންޑު ގަޑިން ހަވީރު 3:00 ގައެވެ.

ތަފާސް ހިސާބުތައް ދައްކާގޮތުން ތައިލެންޑުގައި 7،000 އެތް ދިރިއުޅޭކަން ރިކޯޑް ކުރެވިފައި ވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ