އެމެރިކާގެ ބާއެއްގައި ބަޑިން ހަމަލާދީ 4 މީހުން މަރާލައިފި

އެމެރިކާގެ ކެންސަސް ސިޓީގައި ހުންނަ ބާއެއްގައި މީހަކު ދިން ބަޑީގެ ހަމަލާއެއްގައި ހަތަރު މީހުން މަރުވެ ފަސްމީހުން ޒަހަމްވެއްޖެއެވެ.

ފުލުހުން ކުރި ޓުވީޓެއްގައި މިހާދިސާ ހިނގިކަން ކަށަވަރުކޮށްދިން ނަމަވެސް މިހާދިސާ ހިނގި ބާގެ މައުލޫމާތެއް ދީފައެއް ނުވެއެވެ. ފުލުހުން އިތުރަށްބުނީ ބަޑީގެ ހަމަލާދިން މީހާ ފިލައިފައި ވާކަމަށާއި މިހާރު އެމީހާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ކެންސަސް ސިޓީގެ ލޯކަލް މީޑިއާތަކުން ރިޕޯޓުކުރާ ގޮތުގައި މިހަމަލާ ދީފައިވަނީ އަތު ބަޑިއެއް ބޭނުންކޮށްގެން ޓަކީލާ ކޭސީ ނަމަކަށްކިޔާ ބާއެއްގައެވެ.

މިއަހަރުގެ މިހާތަނަށް އެމެރިކާގައިވަނީ މިފަދަ ބަޑީގެ 40 ހަމަލާ ދީފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ