މީހަކު ޒަހަމް ކޮށްލާފައި އެއްލާލި މައްސަލައިގައި ބަޔަކު ހައްޔަރުކޮށްފި

އައްޑޫ ސިޓީ ހުޅުދޫގެ ފުލެޓް ސަރަހައްދުގައި އަނިޔާކޮށް އެއްލާލައިފައި އޮތް މީހާގެ މައްސަލައިގައި ފުލުހުން ބަޔަކު ހައްޔަރުކޮށްފިއެވެ.

މިމައްސަލައިގައި މިއަދު ކޯޓު އަމުރެއްގެ ދަށުން ފުލުހުން ހައްޔަރުކޮށްފައިވަނީ 24 އަހަރުގެ ފިރެހެނަކާއި، 23 އަހަރުގެ ފިރެހެނަކާއި، 22 އަހަރުގެ ފިރެހެނަކާ، އަދި 26 އަހަރުގެ ފިރެހެނެކެވެ. މިހަތަރު މީހުންނަކީވެސް އައްޑޫ ސިޓީ މީދޫއަށް ނިސްބަތްވާ މީހުން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

ފުލުހުން މީޑިޔާއަށް މައުލޫމާތު ދެމުން ރޭ ބުނެފައިވަނީ އައްޑޫ ސިޓީ ހުޅުދޫގެ ފުލެޓް ސަރަހައްދުގައި މީހަކަށް އަނިޔާކޮށް އެއްލާލާފައިވާ ކަމުގެ މައުލޫމާތު އެއިދާރާއަށް ލިބިފައިވަނީ ރޭ އިރާކޮޅު ހަތެއް ޖަހާ ކަން ހާއިރު ކަމަށެވެ.

އަދި އެމީހާގެ ބޮލުގައި އެއްޗަކުން ޖަހައި ބޯ ފަޅާލާފައިވާއިރު އެމީހާގެ ގައިގެ އެކި ތަންތަނުގައި ތަޅާފައި ހުރި ކަމުގެ ނިޝާންތައް ހުރި ކަމަށްވެސް ފުލުހުން ރޭ ބުންޏެވެ. 

މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ