ނޭޝަނަލް ލައިބްރަރީން ފޯނެއް ވަގަށް ނެގި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

ނޭޝަނަލް ލައިބްރަރީން ފޯނެއް ވަގަށް ނެގި މައްސަލައިގައި މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުންބުނީ މިމީހާ ހައްޔަރުކޮށްފައިވަނީ ފޯނު ވަގަށް ނަގައިގެން ނުކުމެ އެ ފޯނު ވިއްކާލާފައި ދަނިކޮށް މަގުމަތީން ކަމަށެވެ.

މިމައްސަލައިގައި ފުލުހުން ހައްޔަރުކޮށްފައިވަނީ އުމުރުން 37 އަހަރުގެ ފިރެހެނެކެވެ. މިމީހާ ވިއްކާލި ފޯނު މިހާރުވަނީ އެވިއްކާލި މީހާ އަތުން ހޯދައި ފޯނުގެ ވެރިފަރާތާއި ހަވާލުކޮށްފައި ކަމަށް ފުލުހުން ބުނެއެވެ.

ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ފުލުހުން އަންނަނީ ވައްކަމުގެ މައްސަލަތަކުގައި މާލެއިން މީހުން ހައްޔަރުކޮށް ވަގަށް ނަގައިފައި ކަމަށް ބެލެވޭ ތަކެތި ހޯދަމުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ