މޯލްޑިވިއަން ޑިމަކްރެޓިކް ޕާޓީ (އެމްޑީޕީ) އާއި މޯލްޑިވިއަން ޑިމަކްރަސީ ނެޓްވޯކް (އެމްޑީއެން) އަކީ ވަރަށް ބޮޑަށް ގުޅި ލާމެހިފައިވާ ދެބައިކަން އިނގިގެން ހިނގައްޖެއް ކަމަށް މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް ވިދާޅުވެއްޖެއެވެ.
ޑރ. އިޔާޒް މިހެން ވިދާޅުވެފައިވަނީ އެމްޑީއެން އިން ނެރެފައިވާ "ޕްރިލިމިނަރީ އެސެސްމަންޓް އޮން ރެޑިކަލައިޒޭޝަން އިން ދަ މޯލްޑިވްސް" ގެ ނަމުގައި ނެރެފައިވާ ރިޕޯޓާއި ގުޅިގެން މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފައިވާ ކުއްލި މައްސަލައަކާއި ގުޅޭގޮތުން ވާހަކަދައްކަވަމުންނެވެ.
މިގޮތުން ޑރ. އިޔާޒް ކުރެއްވި ޓުވީޓުގައި ވިދާޅުވީ، "އެމްޑީޕީ އާއި އެމްޑީއެން އަކީ ވަރަށް ބޮޑަށް ގުޅި ލާމެހިފައިވާ ދެބައިކަން މިއަދުގެ މަޖިލިސް ޖަލްސާއިން އިނގިގެން ހިނގައްޖެ" ކަމަށެވެ.
MDP aai MDN akee v bodah gulhi laamehifaivaa dhebai kan miadhu ge majlis jalasa in engigen hingajje.
— Dr Mohamed Iyaz (@dr_iyaz) October 7, 2019
ޑރ. އިޔާޒް މިމޭރުމުން ވާހަކަފުޅު ދައްކައިފައި ވާއިރު މިއަދުގެ މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން އެމްޑީޕީއަށް ނިސްބަތްވާ ގިނަ މެންބަރުން އެމްޑީއެން އިން ނެރުނު ރިޕޯޓް ކުއްވެރި ކޮށްފައި ވެއެވެ. ނަމަވެސް މިކަންތައް ގަނޑު ބޮޑުކޮށްލައިގެން އުޅެނީ ބަޣާވާތެއް ކުރަން ކަމަށް ތުހުމަތު ކޮށްފައި ވެއެވެ.
އެމްޑީއެންގެ ރިޕޯޓާއި ގުޅިގެން މިސަރުކާރުން އެ ޖަމިއްޔާ އަށް ފިޔަވަޅު އެޅުން ލަސްވާ މައްސަލައިގައި ގިނަ ބަޔަކު އަންނަނީ ސަރުކާރަށް ފާޑު ކިޔަމުންނެވެ.



