އައްޑޫ ސިޓީގައި ރޭ ބިދޭސީއަކަށް ހަމަލާ ދިން މައްސަލައިގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ވިދާޅުވީ، ރޭގެ މާރާމާރީއާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން މިރޭ 19:15 ހާއިރު، 18 އަހަރު އަދި 24 އަހަރުގެ ފިރިހެނެއް ހައްޔަރު ކޮށްފައިވާ ކަމަށެވެ.
ރޭ ތޫނު އެއްޗަކުން ހަމަލާދީ ޒަހަމް ކޮށްލި އިންޑިއާ މީހާއަށް މިހާރު ފަރުވާ ދެމުންދަނީ އައިސީޔޫގައި ކަމަށާއި، އޭނާގެ ހާލު ސީރިއަސް ކަަމަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ބުނެފައިވެއެވެ.
ހިތަދޫ ހޮސްޕިޓަލާ ހަވާލާދީ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި އެ މީހާއަށް ބޮޑެތި ޒަހަމްތަކެއް ލިބިފައިވާއިރު، އެމީހާގެ ދެ ލޮލަށާއި ކަނާތު ކަންފަތުގެ އިތުރުން ނޭފަތާ ދިމާއިން ވަރަށް ބޮޑަށް ކަފައިގެން ގޮސްފައިވާ ކަމަށާއި، މޫނުގެ އެހެން ބައިތަކަށްވެސް ވަރަށް ބޮޑަށް އަނިޔާވެފައިވެއެވެ.
ބިދޭސީ މީހާގެ ހާލު ސިރިއަސް ކަމަށާއި، އެމީހާ މާލެ ގެންދިޔުމަށް ބިދޭސީ މީހާ ރާއްޖެ އެތެރެކުރި ފަރާތާ ވާހަކަ ދައްކާފައިވާ އިރު، އެފަރާތުން އެކަން ހަމަޖެއްސުމަށް މަސައްކަތްތަކެއް ކުރަމުންދާ ކަމަށްވެސް މަޢުލޫމާތު ލިބިފައިވެއެވެ.
ޒަހަމްކޮށްލާފައިވާ ބިދޭސީ މީހާއަކީ ހިތަދޫގައި ރުއް އަރަން އުޅޭތާ ގިނަ ދުވަސްތަކެއް ވެފައިވާ މީހެކެވެ.
ހިޔާލު
Addu maaraamaaree tho adugai hingi maaraamaaree tho. Dhivehi bas heyogothugai beynun kurahvaa. Ali wishaam dhivehi bahah huthuru naaruvaa.
ކޮމެންޓް ކުރުން ބަންދު