ރައީސް ގއ. އަތޮޅު ކައުންސިލާ ބައްދަލުކުރެއްވުން - ފޮޓޯ: ރައީސް އޮފީސް

ގއ. އަތޮޅަށް ދިމާވެފައިވާ މައްސަލަތައް ހައްލުކޮށްދެއްވާނަން - ރައީސް ޞޯލިޙް

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ހުވަދު އަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލަރުންނާ ބައްދަލުކުރައްވައި މަޝްވަރާކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން އޮތީ އިއްޔެ މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ބައްދަލުކުރެއްވުމުގައި، ކައުންސިލަރުން ރައީސުލްޖުމްހޫރިއްޔާއަށް ހުށަހެޅުއްވި ކަންކަމުގެ ތެރޭގައި އަތޮޅުގެ އެކި ރަށްރަށަށް އުމުރާނީގޮތުން ބޭނުންވާ ބައެއް މަޝްރޫޢުތައް ފާހަގަކުރައްވާފައިވެއެވެ. އޭގެ ތެރޭގައި ފެނާ ނަރުދަމާގެ މަޝްރޫޢާއި ބަނދަރާއި ބިން ހިއްކުމާ އަދި އަތޮޅުގެ ވަކިވަކި ރަށްރަށަށް ޞިއްޙީ ދާއިރާއާ ތަޢުލީމީ ދާއިރާއިން ބޭނުންވާ ބައެއް ކަންކަން ކައުންސިލަރުން ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ކައުންސިލަރުން ވަނީ އަތޮޅުގެ ފަތުރުވެރިކަމުގެ ދާއިރާގެ ފައިދާ އަތޮޅުގެ ރައްޔިތުންނަށް މިހާރަށްވުރެ ފުޅާ ދާއިރާއެއްގައި ލިބުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. އަދި މަސްވެރިންގެ ހުރި ކަންބޮޑުވުންތަކާއި ދަތުރުފަތުރުގެ ދާއިރާއިން ބޭނުންވާކަންކަން ވެސް ކައުންސިލަރުން މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާއާ ޙިއްޞާކުރެއްވިއެވެ.

މި ބައްދަލުކޮށްލެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ގއ ކައުންސިލަރުން ފާހަގަ ކުރެއްވި ކަންކަމުގެ ތެރެއިން ބަޖެޓުގައި ހިމެނިފައިވާ މަޝްރޫޢުތަކާ ބެހޭ އެންމެފަހުގެ މަޢުލޫމާތު ކައުންސިލަރުންނާ ޙިއްޞާކުރެއްވިއެވެ. އަދި ކައުންސިލަރުން ފާހަގަކުރެއްވި ކަންކަމުގައި ސަރުކާރުގެ ކަމާގުޅޭ އިދާރާތަކާ މަޝްވަރާކުރައްވައިގެން ޙައްލު ހޯއްދަވައިދެއްވަން މަސައްކަތްޕުޅު ކޮށްދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ